މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ސްކައުޓް އާއިލާއަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ: ރައީސް
Raajje

ސްކައުޓް އާއިލާއަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ: ރައީސް

ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، ‘ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް’ އެވޯޑް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވ...

ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަސައްކަތަށް ޚާއްޞަ ސަރުކާރުގެ ކުންފުންޏެއް
Raajje

ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަސައްކަތަށް ޚާއްޞަ ސަރުކާރުގެ ކުންފުންޏެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އިތުރަށް ފުޅާކުރުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. މި ކުންފުންޏަށް ދީފައިވާ ނަމަކީ “އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް” އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާބާދީ ބޮޑު ސަރަޙައްދުތަކާއި މަދުން އާބާދުވެފައިވާ ސަރަޙައްދުތަކުގެ ޢުމްރާނީ ތަރައްޤީ ކުރިއެރުވުމެވެ. މި މަސައްކަތް ކ...

ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި
Raajje

ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

ގޭބިސީތަކުގެ ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމަވައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން، ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައި ކަނޑައަޅާފައިވާ ހުރިހާ ބޭންޑެއްގެ އަގ...

އާސަންދައިން އައިނު ހަދަންދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފި
Raajje

އާސަންދައިން އައިނު ހަދަންދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފި

އާސަންދައިން ނަންބަރު އައިނު ހެދުމަށް ދޭ އެހީގެ އަދަދު 2000 ރުފިޔާއަށް ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން ރޭ ޢިއުލާންކުރަށްވައިފިއެވެ. މި ނިންމެވުން ރައީސް އިޢުލާންކުރެއްވީ، ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒުގެ މި ނިންމެވުމާ އެކު، ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޮންމެ ދެ އަހަރަކުން އެއްފަހަރު އާސަންދައިން ލޮލުގެ ނަންބަރު އައިނު ހެދުމަށް 2000 ރުފިޔާގެ […]

''ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް''
Raajje

''ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް''

ދިވެހި ހައްޖާޖީންނަށް މިފަހަރު ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ ޙައްޖު އެންމެ ފުރިހަމައަށް އަދާކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރައީ...

ވެރިއަކަށް ހުންނަވާ ބޭފުޅެއް ހައްޖުވުމަށް ސައޫދީން ދޭ ފުރުސަތަކީ ކޯޓާތެރެއިން ދާ ކަމެއްނޫން: ރައީސް 
Raajje

ވެރިއަކަށް ހުންނަވާ ބޭފުޅެއް ހައްޖުވުމަށް ސައޫދީން ދޭ ފުރުސަތަކީ ކޯޓާތެރެއިން ދާ ކަމެއްނޫން: ރައީސް 

ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ހައްޖުވުމަށް ސައޫދީ ޢަރަބިއްޔާއިން ދޭ ފުރުސަތަކީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސަތެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ބޭފުޅުންނަށް ސައޫދީ ޢަރަބިއްޔާއިން ދޭ ޚާއްޞަ ފުރުސަތުތަކަކީ ރާއްޖެއަށް ލިބޭ އެއްހާސް ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސ...

ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރު: ރައީސް 
Raajje

ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރު: ރައީސް 

ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދަޢުވަތަކަށް ކަމަށް ރައީސ...

ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް ރައީސަށް
Raajje

ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް ރައީސަށް

ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފި އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން ރައީސަށް މި އެވޯޑް އަރުވާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައެވެ. ޑަބްލިޔުއެޗްއޯއިން ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމ...

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި
Raajje

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާ...

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ މަސައްކަތްތައް ތަންފީޒުކުރާނީ ދިފާއީ ވުޒާރާއިން
Raajje

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ މަސައްކަތްތައް ތަންފީޒުކުރާނީ ދިފާއީ ވުޒާރާއިން

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާއީ ވުޒާރާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. މި ނިންމެވުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މިއަދުން ފެށިގެން ވަނީ ދިފާއީ ވުޒާރާ (މިނިސްޓްރީ އޮފް ޑިފެންސް)ގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރަށްވާފައެވެ. ދިވ...

ރައީސް "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި
Raajje

ރައީސް "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު “މީޑިއާ ފެންޑާ” ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. “މީޑިއާ ފެންޑާ” އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ތަނުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުންކަމަށް ރައީސް އޮފީހުނ...

ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ލުއި ދޭން ފަށައިފި
Raajje

ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ލުއި ދޭން ފަށައިފި

“ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. މިކަން ރައީސް ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މީގެ ތެރެއިން، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ބަންދަށް...

އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއެކު އައިޖީއެމްއެޗްގެ އެނދުގެ އަދަދު 510 އަށް
Raajje

އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއެކު އައިޖީއެމްއެޗްގެ އެނދުގެ އަދަދު 510 އަށް

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކޮށްފިއެވެ. މިކަމަށް އައިޖީއެމްއެޗްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. 75 އެނދުގެ މި އައު ވިންގްގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި، ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި އަދި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ. މި އިތުރުކުރެވުނު އެނދުތަކާއެކ...

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ޝަރަފެއް: ރައީސް
Raajje

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ޝަރަފެއް: ރައީސް

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރި 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބޭ ބޮޑު އުފަލެއް އަދި ޝަރަފެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި މި އަހަރު ރާއްޖެ ހިމަނާދީފައިވާއިރު، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އިއްޔެ ވަނީ މައްކާ އަށް ގޮސްފައެވެ. ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް […]

ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވައިފި
Raajje

ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީ ކުރި 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ. މި ސަރުކާރުގެ “ނިއު ޕޮލިސީ އިނިޝިއޭޓިވް”ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއު ނިމުމާއެކު، އެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްތަކުގެ އަދަދު ވަނީ ދެގުނަ […]