މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި
Raajje

ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި

އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސަށް އިސްތިގުބާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ. މި ދަތުރ...

ހުޅުމާލެ ޑަޔަލަސިސް ސެންޓަރ ރަސްމީކޮށް ހުޅުވައިފި
Raajje

ހުޅުމާލެ ޑަޔަލަސިސް ސެންޓަރ ރަސްމީކޮށް ހުޅުވައިފި

ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ޚިދުމަތަށް ޚާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށް ހުޅުމާލޭގެ އޮރެންޖް ހިޔާ ބިލްޑިންގަައި މިއަދު އޮތް ރަސްމިއްޔާތުގައި މިތަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ...

އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް
Raajje

އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އައު ޓަރމިނަލުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވަމުން، މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއަދުގެ އަސުރު ނަމާދުން ފެށިގެން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށެވެ. ވެލާނާ އިންޓަނ...

މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް: ރައީސް
Raajje

މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް: ރައީސް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަކީ އެއްވެސް ވަކި ފަރާތަކަށް ނުވަތަ ވަކި މީހަކަށް އެކަނި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށް އެންމެންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހި...

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ސަލީމަށް
Raajje

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ސަލީމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި އަޙްމަދު ސަލީމަށް އަރުވައިފިއެވެ. ސަލީމަށް މި ޝަރަފް އަރުވާފައި ވަނީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަޙްމަދު ސަލީމް ވަނީ ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އެ މަނިކުފާނު ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރެއިން 35 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރައްވާފައި ވަނީ ޚާރިޖީ ދާއިރާގައެވެ. މި […]

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފި
Raajje

ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވައިފި

ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. މި އިނާމު ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ...

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް
Raajje

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

އަޅުގަނޑުމެންގެ ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އައު ޓާމިނަލް ހުޅުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ގެނުވައިދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެންނަށް މިކަމުގެ އުފާފާގަތިކަން، ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކޮށް، ކުރ...

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުޢުތަޞިމް ޢަދުނާނަށް އަރުވައިފި
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މުޢުތަޞިމް ޢަދުނާނަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޓަޔަރޑް ޗީފް ޖަސްޓިސް އަޙްމަދު މުޢުތަޞިމް ޢަދުނާނަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ. މި ޢިއްޒަތް އެރުވީ މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށާއި، ޤާނޫނީ އަދި ޝަރުޢީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބ...

''އައު ޓާމިނަލަކީ އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއް''
Raajje

''އައު ޓާމިނަލަކީ އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއް''

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ވެސް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވަނީ މިނިވަން ދުވަހާ ގުޅުވައިގެން އައު ޓާމިނަލް ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ޤައު...

ވީއައިއޭގެ އައު ޓާމިނަލް ހުޅުވައިފި
Business

ވީއައިއޭގެ އައު ޓާމިނަލް ހުޅުވައިފި

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އައު ޓާމިނަލް މިރޭ ހުޅުވައިފިއެވެ. މި ޓާމިނަލް ހުޅުވައިދެއްވީ، މިކަމަށްޓައި ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އައު ޓާމިނަލް ހުޅުވުމުގެ ގޮތުން، ޓާމިނަލް މޮޑެލްއެއް ރައީސް މުޢިއްޒަށް ވަނީ އަރުއްވާފައެވެ. މި ރަސްމިއްޔާތުގައި އެއަރޕޯޓުގެ ތާރީޚާއި ތަރައްޤީ ހިމެނޭ ރިޕޯޓަކާއި، ތިއޭޓްރިކަލް ހުށަހެޅުމަކާއި، ޑްރޯންޝޯއެއްގެ އިތުރުން ހަވާއެރުވުމުގެ ހަރަކާތްތައ...

ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި
Raajje

ސަޢޫދީ ފަންޑުގެ ވެރިޔާ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސް އޮފީހުގައި މިނިވަންދުވަހުގެ އިޙްތިފާލުތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމާ ދިމާކޮށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޙައްމަދު މުޢިއްޒު ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގ...

މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަމިއްލައަށް: ރައީސް
Raajje

މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަމިއްލައަށް: ރައީސް

ދިވެހިރާއްޖެ އަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ރައީސަކު ބޭއްވެވި މިފަދަ ފުރަތަ ޖަލްސާގަައި ދެއްވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ދިވެހި...

ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި
Raajje

ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަ...

އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

އިންޑިއާއާއެކު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަ...

ލަންކާގެ ރައީސް ވެސް ރާއްޖެ ވަޑައިގަންނަވަނީ
News

ލަންކާގެ ރައީސް ވެސް ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، އަންނަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާ ގޮތަށް ހަމަޖެއްޖެ އެވެ. ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި، ދޭދޭ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެން...