ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް
ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ. މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތ...