މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރަށްރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫން: ރައީސް
Raajje

ރަށްރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫން: ރައީސް

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫންކަމަށާއި، މަސައްކަތްޕުޅުކުރަށްވަމުން ގެންދަވަނީ އެފަދަ ތަފާތުކުރުންތައް ނައްތާލައި އިންސާފުގާއިމުކޮށްދެއްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ ގަމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަމަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުން ބަލާއިރުގައިވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގައިވެސް، މީހުން ގިނަ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އެހެންނަމަވެ...

ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް
Raajje

ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސްގެ ގޮތުގައި އަހަރަކު ޖުމްލަ 11.7 މިލިއަން ރުފިޔާ ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އެލަވަންސެކެވެ. އޯގާތެރި މުޖުތަމަޢެއް […]

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި
Raajje

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މިކަން އެމަނިކުފާނު އިޢުލާންކުރެއްވީ ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަދު ހަވީރު 5:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ...

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ
Raajje

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ

އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. މިހާރު އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ ލިބެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ، ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުން ގެންދެއެވެ. ރައީސް މުއިއްޒު...

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މިއަހަރު ގެންނަނީ
Raajje

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މިއަހަރު ގެންނަނީ

60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލެންސް މި އަހަރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދަނބިދޫ އަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެއްކަމަކީ...

ހޮޓެލް ސްކޫލަކާއެކު ހުޅިމެންދޫގައި ރިސޯޓެއް ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއް: ރައީސް
Raajje

ހޮޓެލް ސްކޫލަކާއެކު ހުޅިމެންދޫގައި ރިސޯޓެއް ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއް: ރައީސް

ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ ފަސް ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްޤީކުރެއްވުމަކީ ޒުވާނުންނަށް ލިބޭ ބޮޑު ފުރުޞަތެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ލ...

ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ތިން އަހަރުގެ ތެރޭ ނިންމާނަން: ރައީސް
Raajje

ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށް ތިން އަހަރުގެ ތެރޭ ނިންމާނަން: ރައީސް

ލ. ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވާފައިވަނީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސަ...

އައްޑޫގައި ނަގާވޯޓުގައި ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެގޮތް: ރައީސް
Raajje

އައްޑޫގައި ނަގާވޯޓުގައި ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެގޮތް: ރައީސް

އައްޑޫ ސިޓީގެ ތިން ރަށެއްގެ އިދާރީ ހިންގުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ނިންމުމެއްނެތް ކަމަށާއި، ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި ނަގަން އުޅޭ ވޯޓަކީ ސަރުކާރުގެ އެއްވެސް ބޭނުންވާ ނަތީޖާއެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ. ”ސަރުކާރުގެ އ...

މާވަށުގެ ގިނަ މަޝްރޫޢުތަކަކާއި ލ.ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު އެމްޓީޓީސީން ފަށައިފި
Business

މާވަށުގެ ގިނަ މަޝްރޫޢުތަކަކާއި ލ.ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު އެމްޓީޓީސީން ފަށައިފި

ލ. މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އިތުރު މަޝްރޫޢުތައް ހިމެނޭހެން ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާވަށަށާއި، ހިތަދޫ ކުނަހަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ދެ ރަސްމިއްޔާތުގެ ތެރ...

ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އަޅައިދިނުމަށްވި ވަޢުދު ފުއްދާނަން: ރައީސް
Raajje

ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އަޅައިދިނުމަށްވި ވަޢުދު ފުއްދާނަން: ރައީސް

ލ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އަޅައިދިނުމަށް އެމަނިކުފާނު ވެވަޑައިގެންފާ ވަޢުދު ފުއްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ލ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މާވަށު ރައްޔިތުންނާއި ލ.އަތޮޅުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކަށް އޮތީ އެއަރޕޯޓުކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، ލިސްޓުގެ 1 ން 10 އަށް...

ސީ އެމްބިއުލެންސް ޚިދުމަތް ފުޅާކުރުމަށް ބޮޑު މަޝްރޫޢެއް ފަށަނީ
Raajje

ސީ އެމްބިއުލެންސް ޚިދުމަތް ފުޅާކުރުމަށް ބޮޑު މަޝްރޫޢެއް ފަށަނީ

ސަރުކާރުން ދެމުންދާ ސީ އެމްބިއުލެންސް ޚިދުމަތް ފުޅާކުރުމަށް ސީ އެމްބިއުލެންސް ވެސެލްތައް އިތުރުކުރުމުގެ މަޝްރޫޢެއް ފަށަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، މާވަށުގެ ޖިއޮގްރަފިކަލް ގޮތުން ރަށް...

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް ބޮޑުކޮށްފި
Raajje

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް އެއްހަމަކޮށް ބޮޑުކޮށްފި

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް މި އަހަރުގެ މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަން ވަނީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއް މެދުވެރިކޮށް އަންގާފައެވެ. މި ބަދަލާއެކު، ކުރިން ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ލިބެމުންދިޔަ ގައުމީ ޓީމުތަކުގެ އެތުލީޓު...

ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް
Thiladhunmathi News

ފުނަދޫގެ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވަނީ ސާބިތުކޮށްދީފައި: މަމްދޫހް

މި ސަރުކާރަށް ފުނަދޫގެ ރައްޔިތުންގެ ތާއީދު އޮތްކަން އެ ރަށްޔިތުން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހު 15 ވަނަ ދުވަހު (ބުދަ) ފުނަދޫ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅާއި ގުޅުވައި މެމްބަރު މަމްދޫހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު […]

މާއުނގޫދޫގައި ހަ މަޝްރޫޢެއް ކުރިއަށް ދާނެކަމުގެ ޔަގީންކަން
Raajje

މާއުނގޫދޫގައި ހަ މަޝްރޫޢެއް ކުރިއަށް ދާނެކަމުގެ ޔަގީންކަން

ށ. މާއުނގޫދޫގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ހަ މަޝްރޫޢެއް ވިއްސާރައިގެ ސަބަބުން ނުފެށުނު ނަމަވެސް އެ މަޝްރޫޢުތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު ހޯމަ ދުވަހު ށ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މާއުނގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު މޫސުން ތަންނުދިނުމުގެ ސަބަބުން އެރަށުގައި މިއަދު ފަށަން ނިންމާފައިވާ އެއ...

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ
Thiladhunmathi News

ޅައިމަގުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް، ސްވިމިންގ ޓްރެކެއް ވެސް އަޅައިދޭނެ

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދެއްވުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވ...