މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''
Raajje

''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް މީހުން އިންތިޚާބުކުރުމުން ތަރައްޤީގެ ބަދަލުގައި ސިޔާސީ މަސައްކަތްތައް އިސ...

ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް
Raajje

ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އިސްލާމީ މުޖުތަމައެއްގައި ދީނާ ހިލާފު ކަންކަމަށް ފުރުސަތު ނުދިނުމަށް ބާރުއަޅުއްވައި، އެފަދަ ފިކ...

މަހެއްގެ ތެރޭ 104 މަސާޖުޕާލާ ބަންދުކޮށްފިން: ރައީސް
Raajje

މަހެއްގެ ތެރޭ 104 މަސާޖުޕާލާ ބަންދުކޮށްފިން: ރައީސް

މާލެ ސިޓީގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ 104 މަސާޖުޕާލާއެއް ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި މާލޭގެ އެކި ސަރަހައްދުތަކުން 104 މަސާޖުޕާލާ ބަ...

ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވައިފި
Raajje

ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގައެވެ. ނަމަވެސް، މިރޭ އަލަށް ހުޅުވި މައި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވެލާގައެވެ. އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު [...

75 އަހަރު ފުރުމާ ހަމައަށް ވަޒީފާ އަދާކުރުމަށް ފުރުސަތުލިބޭ ބިލު ތަސްދީޤުކުރައްވައިފި
Raajje

75 އަހަރު ފުރުމާ ހަމައަށް ވަޒީފާ އަދާކުރުމަށް ފުރުސަތުލިބޭ ބިލު ތަސްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ފާސްކުރި ރީ-އެމްޕްލޯއިމަންޓްގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްޞަ ޖަލްސާއެއްގައި ފާސްކޮށްފައިވާ ބިލެކެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު […]

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ ޢައްޔަންކުރައްވައިފި
News

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ. ‎ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ. ކުރީގެ ވަޒީރު ރަމީލާ އެމާގަމަށް އައްޔަންކުރުމަށް ފެންނަކަމަށް 38 މެމްބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކ...

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި
Raajje

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މި އޮފީސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާ...

ރާއްޖޭގެ ފުރަތަމަ ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ޤާއިމުކުރަށްވައިފި
Raajje

ރާއްޖޭގެ ފުރަތަމަ ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ޤާއިމުކުރަށްވައިފި

ދިވެހިރާއްޖޭގެ ފުރަތަމަ ޒަކާތުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި “މޯލްޑިވްސް ޒަކާތު ހައުސް” ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ޤާއިމުކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅާ، ޒަކާތުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރެއްވީ 6 ޑިސެމްބަރު 2025 ގައެވެ. މި ބިލުގައިވާގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2026 ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިއަދު އާ ޤާނޫނަށް ޢަމަލުކުރަން...

''އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި ޤާބިލް ދަރީންތަކެއް ބިނާކޮށްދިނުން''
Raajje

''އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި ޤާބިލް ދަރީންތަކެއް ބިނާކޮށްދިނުން''

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން، ޤައުމަށް ވަފާތެރި އަދި ޤާބިލް ދިވެހި ދަރީންތަކެއް ބިނާކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ އައު އަހަރެއްގެ ފެށުމަކީ ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން...

ނަފްސާނީ ބަލިތަކުގެ ފަރުވާ އަށް ހިނގާ ހުރިހާ ޚަރަދެއް ހިލޭ
Raajje

ނަފްސާނީ ބަލިތަކުގެ ފަރުވާ އަށް ހިނގާ ހުރިހާ ޚަރަދެއް ހިލޭ

ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭން ނިންމާފައިވާ މުހިންމު އިތުރު ހިދުމަތްތައް އިފްތިތާހު ކުރުމަށް މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައިި ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ނިންމާފައިވާކަން ޢިއުލާންކޮށްފައެވެ. މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔ...

ތެލަސީމިއާ އެލަވަންސް ހިމެނޭހެން ޞިއްޙީ ދާއިރާގެ 5 ޕްރޮގްރާމެއް ފަށައިފި
Raajje

ތެލަސީމިއާ އެލަވަންސް ހިމެނޭހެން ޞިއްޙީ ދާއިރާގެ 5 ޕްރޮގްރާމެއް ފަށައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިއްމު ފަސް ޕްރޮގްރާމެއް ސަރުކާރުން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ތެލަސީމިއާ ކުދިންނަށް މަހަކު 2,000 ރުފިޔާގެ އެލަވަންސެއް ދޭން ފެށުމެވެ. މި އެލަވަންސް އ...

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް
Thiladhunmathi News

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

“ޕްރޮޖެކްޓް އައިލާ” ގެ ނަމުގައި “ސަސްޓެއިނަބަލް ޓައުންޝިޕް” އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް (އެސްއީޒެޑް) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން އުފެއްދި ސަރަހައްދެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މި އެސް.އީ.ޒެޑްގައި އިންވ...

''މުޖުތަމަޢުން ފާޙިޝް ކަންކަން މަދުކުރެވޭނީ އެންމެންގެ ނިޔަތާއި ޢަމަލުތަކާއި ޚިޔާލު އެފަދަކަންކަމުގައި އެއްގޮތްވެގެން''
Raajje

''މުޖުތަމަޢުން ފާޙިޝް ކަންކަން މަދުކުރެވޭނީ އެންމެންގެ ނިޔަތާއި ޢަމަލުތަކާއި ޚިޔާލު އެފަދަކަންކަމުގައި އެއްގޮތްވެގެން''

މުޖުތަމަޢުގައި ފެތުރެމުންދާ ފާޙިޝް ކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންނާއި، މުޖުތަމައުގެ އެންމެންގެ ނިޔަތާއި ޢަމަލުތަކާއި ޚިޔާލު އެއްގޮތްވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރިތަކުގެ ނަމުގައި ފާޙިޝް ޢަމަލުތައް ހިންގަމުންދާ މަސާޖު ޕާލާތައް ބަންދުކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލި...

ފައްތާހުގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ
Raajje

ފައްތާހުގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު އަބުދުލްގައްޔޫމް ނިޔާވުމާއި ގުޅިގެން  ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުއްޖެއެވެ. ރައީސް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. ރައީސްގެ ޕޯސްޓްގައި ވަނީ...

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
Raajje

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަރުޙޫމާގެ ޢާއިލާއަށް ފުން ހިތާމައަކާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ. ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާ އަވަހާރަވީ...