ވަހީދު ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ރައީސް ވަޙީދު ވިދާޅުވީ، އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންއާއި ގުޅުވައި ކުރެވޭ ދޮގު ތުހުމަތުތަކުގެ ސަބަބުން ބޮޑެތި...