ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply...