ރާއްޖޭގެ ކަނޑުން ތެލާއި ގޭސް އަދި މަޢުދަންތައް ނެގުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 30 އޯގަސްޓް 2026 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަ...