ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް
ދިވެހިން ‘ކްލައިމެޓް ރެފިއުޖީން’ ނަށް ވުމުގެ ބިރު އެބައޮތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ “ކޮޕް26″ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަ...