ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫރު މަރުހަބާއެއް ކިޔާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.
މި މެޗްގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ، ޓީމް ކުޅުދުއްފުއްޓާއި، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.
މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ ރަސްމީ ޖަލްސާ ވެސް ރައީސް ޞާލިޙް ޝަރަފުވެރިކޮށްދެވުމަށް ހަމަޖެހިފަވެއެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީ ސިޓީގައި ފާހަގަ ކުރަމުންދާއިރު، އެ ސިޓީގައި ދަނީ ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!