އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައިދޭ މުހިންމު ބަހާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިއްޔެ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމަކީ، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައި، ޒިންމާދާރުކަމާއި ދެފުށް ފެންނަ އުސޫލުތައް ކުރިއަރުވައި، ފެންވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ކަމެކެވެ.


ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އޭގެ ސަބަބުން ދޮގު މަޢުލޫމާތު ފެތުރި، ލިބޭ ގެއްލުންތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި ޚަބަރުގެ ތެދު މިންވަރު ބެލުމަށް ނޫސްވެރިންނަށް ބަރޯސާވާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޢުލޫމާތު ފެތުރުމުގައި މިއަށްވުރެ ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ދެމިތިބުމަށް ނައިބު ރައީސް ވަނީ ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.