ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން
ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...