މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ނޮޅިވަރަމް ކައުންސިލް

49 Stories filed
"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ
Thiladhunmathi News

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 […]

ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް
Thiladhunmathi News

ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް

ހދ. ނޮޅިވަރަމުގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއްގައި، ކޯވިޑާއި ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންގޮސް ކުޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ. މި މައްސަލަ ކުރިމަތިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހިގެ ނިޔަލަށް އެ ރަށުގައި ކުރިއަށްދިޔަ އިންޓް އޮފީސް ވޮލީބޯޅަ މުބާރާތް 2021 ގައެވެ. މި މައްސަލައާއި ގުޅިގެން 20 ޑިސެމްބަރ 2021 ގައި ނޮޅިވަރަމު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިންޓަރ އޮފީސް […]

ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ނޮޅިވަރަމްގައި އެރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިދިޔަ ނޮވެމްބަރު 25 އިން 30 އަށް، ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ އިދާރާގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ނޮޅިވަރަމްގެ 31 އަންހެނަކު ވަނީ ފުރިހަމަ ކޮށްފައެވެ. މި ޕްްރޮގްރާމްގައި ދަސްކޮށްދިން ކަންކަމުގެ ތެރޭގައި އޮޓޯ ސްވިޗް ރަ...

ނޮޅިވަރަމް ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ނޮޅިވަރަމް ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

އަތޮޅު ޤުރުއާން މުބާރާތުގައި ރަށް ތަމްސީލުކުރާނެ ދަރިވަރުންގެ ޓީމު ނެގުމަށް ހދ. ނޮޅިވަރަމު ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި އެވެ. މި މުބާރާތަކީ ނޮޅިވަރަމް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ގުރުއާން މުބާރާތެވެ. ޖުމްލަ 87 ދަރިވަރުނާއެކު ކުރިއަށްދާ މި މުބާރާތް ފަށައިފައިވަނީ އިއްޔެ މެންދުރު 14:00 ގައެވެ. 2 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މުބާރާތް މިއަދު ނިމިގެންދާނެ ކަމަށް ނޮޅިވަރަމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ވަނީ […]

ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ
Thiladhunmathi News

ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ

ހދ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރު މަހު ފަށަން އެކައުންސިލުން ނިންމައިފިއެވެ. މައިގަނޑު 2 ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލެވިފައިވަނީ 6 އުމުރުފުރާ އަކަށެވެ. އޭގެތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި, 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރާ ހިމެނެއެވެ. އަދި މި މުބާރާތުގެ […]

ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި
Thiladhunmathi News

ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސް...

ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން 21 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި އެ ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 ސެޕްޓެމްބަރ 2021 ވާ...

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ
Thiladhunmathi News

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން […]

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް
Thiladhunmathi News

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް

ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި
Raajje

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި
Raajje

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […]

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި
Thiladhunmathi News

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި
Thiladhunmathi News

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން
Thiladhunmathi News

ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން

ކޯވިޑް ބަލީގެ ބިރުވެރިކަން ބޮޑުވެ، ހިތްދަތި ތަޖުރިބާ ކުރަމުންދާ ހދ. ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މީހުންނަށް ނޮޅިވަރަމް، ސަވާރީ، އަބްދުލް މާޖިދު އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިވަގުތު ނޮޅިވަރަމްގެ ކަރަންޓީނު ކުރެވިފައިވާ 120 ގެއިންކުރެ ކޮންމެ ގެއަކަށް މާޖިދު ވަނީ ހަދިޔާ ޕެކެއް ދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ މާޖިދުގެ މި ދީލަތި އެހީތެރިކަން މިވަގުތު އެރަށުގައި...

ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ
Thiladhunmathi News

ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ

ކޯވިޑް ބަލީގެ ނުރައްކަލުގެ ސަބަބުން ހދ. ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި، އެރަށުގެ ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކޯވިޑްގެ ނުރައްކާ އެރަށަށް ވަނީ އިންތިހާއަށް ވެރިވެފައި ކަމަށެވެ. 28 އޯގަސްޓްއިން ފެށިގެން ރޭގެ ނިޔަލަށް އެރަށުން 125 މީހަކު އެރަށުން ޕޮަޒިޓިވްވެފައިވާއިރު، ރަށުގެ އ...