ހދ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރު މަހު ފަށަން އެކައުންސިލުން ނިންމައިފިއެވެ.
މައިގަނޑު 2 ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލެވިފައިވަނީ 6 އުމުރުފުރާ އަކަށެވެ. އޭގެތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި, 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރާ ހިމެނެއެވެ.
އަދި މި މުބާރާތުގެ އުމުރުފުރާ ކަނޑައަޅާނީ މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހަށް ކަމަށްވެސް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް މުހައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ، މި މުބާރާތަށް އިންސާފު ކުރުމަށް ޖަޖުން ރަށުން ބޭރުން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.\
"މި މުބާރާތުގައި ކޮންމެ އުމުރު ފުރަކުން 1،2،3 ވަނަ އަދި ކޮންމެ ގޮތްޕަކުން 1،2،3 ވަނަ ހޮވަން ގަސްދުކުރަން، މުޅި މުބާރާތުން ވެސް 1،2،3 ވަނަ ހޮވަން ގަސްދުކުރަން" މުސްތަފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި މުބާރާތަށް ކުދިން ނަގާނެ އަދަދެއް ފައިނަލް ކުރެވޭނީ އަތޮޅު ކައުންސިލްގެ މުބާރާތުގައި ކޮންމެ ރަށަކުން ބައިވެރިވެވޭ މިންވަރެއް އިނގުމުންކަމަށެވެ.
މުބާރާތް ބާއްވާނެ ތާރީޚަކާ މެދުވެސް އަދި މުބާރާތުގެ ވަނަ ތަކާމެދު ވެސް ނޮޅިވަރަމް ކައުންސިލުން ދަނީ މަޝްވަރާ ކުރައްވަމުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!