ނޮޅިވަރަމުން ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ށ. އަތޮޅު ފެސިލިޓީއަށް ބަދަލުކޮށްފި
ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއްގެ ހާލަތު ގޯސްވަމުން ދާތީ، ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް އެމީހާ ބަދަލުކޮށްފިއެވެ. މި މީހާއަކީ ހާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދެވުނު އަންހެނެކެވެ. އެމީހާ ސީ އެމްބިއުލާންސްގައި ފުނަދޫއަށް ފުރުވާލާފައި ވަނީ ރޭ މެންދަމު 12:45 ހާއިރުއެވެ. އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ގޮސްފައިވާއިރު ފިރިމީހާއަކީ...