Skip to main content
Topic Archive

#ހެލްތް ޕޮރޮޓެކްޝަން އެޖެންސީ

32 Stories filed
ހިތުގެ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން އަންގައިދޭން މުޅި ރާއްޖޭގައި ޚާއްޞަ ހަރަކާތްތަކެއް
Raajje

ހިތުގެ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން އަންގައިދޭން މުޅި ރާއްޖޭގައި ޚާއްޞަ ހަރަކާތްތަކެއް

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅިރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަޙައްދުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. “ޑޯންޓް މިސް އަ ބީޓް” މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑ...

ރާއްޖޭގެ 15-65 އަހަރާ ދެމެދުގެ %4.7 މީހުން ހިތުގެ ބައްޔާއި ސްޓްރޯކް ތަޙައްމަލު ކުރޭ: ރިޕޯޓް
Raajje

ރާއްޖޭގެ 15-65 އަހަރާ ދެމެދުގެ %4.7 މީހުން ހިތުގެ ބައްޔާއި ސްޓްރޯކް ތަޙައްމަލު ކުރޭ: ރިޕޯޓް

ދިވެހިރާއްޖޭގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ […]

ބޭރަށް ހިންގުން އިތުރުވެއްޖެ، ރަނގަޅުވިނަމަވެސް 24 ގަޑިއިރު ވަންދެން ގޭގައި މަޑުކުރުމަށް އިރުޝާދު
Raajje

ބޭރަށް ހިންގުން އިތުރުވެއްޖެ، ރަނގަޅުވިނަމަވެސް 24 ގަޑިއިރު ވަންދެން ގޭގައި މަޑުކުރުމަށް އިރުޝާދު

މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ހާއްސަކޮށް ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތް...

ހިމަބިހި ފެތުރުން އިތުރުވެ ކޭސްތައް 243 އަށް
Raajje

ހިމަބިހި ފެތުރުން އިތުރުވެ ކޭސްތައް 243 އަށް

ނިމުނު ހަފުތާގައި މާލެ ސަރަހައްދުން އިތުރު 17 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެ، މިއަހަރުގެ މިހާތަނަށް އެ ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 243 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ނިމުނު ހަފުތާގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެގެން ރިޕޯޓުކޮށްފައިވަނީ 10 މީހުންނެވެ. އެހެންކަމުން ވޭތުވެދިޔަ ހަފުތާގައި ފެނުނު 17 ކޭހާއެކު، ބަލިޖެ...

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 3 މިލިއަން ރުފިޔާގެ އެހީ ދެނީ!
Raajje

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 3 މިލިއަން ރުފިޔާގެ އެހީ ދެނީ!

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި، ކޮންމެ އަހަރަކު ޖުމްލަ ތިން މިލިއަން ރުފިޔާގެ މާލީ އެހީ ދޫކުރުމަށް ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އެހީ ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔ...

ހިމަބިހީގެ އިތުރު 20 ކޭހެއް، ޖުމްލަ އަދަދު 186 އަށް
Raajje

ހިމަބިހީގެ އިތުރު 20 ކޭހެއް، ޖުމްލަ އަދަދު 186 އަށް

ރާއްޖޭގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް)، މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުގައި ބުނާގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ ހިމަބިހީގެ އައު 20 ކޭހެއް ފެނިފައެވެ. މިއާއިއެކު މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާކަން ޔަގީންވާ...

ބަލިތައް ފެތުރޭލެއް ގިނަ ދުވަސްވަރެއް، ޗުއްޓީގައި ސަމާލުވުމަށް އިލްތިމާސެއް
Raajje

ބަލިތައް ފެތުރޭލެއް ގިނަ ދުވަސްވަރެއް، ޗުއްޓީގައި ސަމާލުވުމަށް އިލްތިމާސެއް

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން، އަރިދަފުސްރޯގާ އަދި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށްވުރެ އިތުރުވަމުންދާތީ، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ބަލިތަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އެޖެންސީން ބުނީ މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މިވަގުތު ވަރަށް މުހިއްމު ކަމަށެވެ. މިކަންކަން ބަޔާންކޮށް އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފ...

ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 7 އަށް
Raajje

ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 7 އަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 7 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 74 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވެސް ހިމަބިހީގެ ކޭސްތައް އިތުރުވަމު...

މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ
Raajje

މާލެ ސަރަހައްދުން ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެއްޖެ

މި ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މި ބަލި ފެނުމާ ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުތަކުގެ މަތިން ކޭސް އިންވެސްޓިގޭޝަން ހަދައި، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ […]

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަދިވެސް މައްޗަށް
Raajje

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަދިވެސް މައްޗަށް

މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު، އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު 601 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 643 އަށް މައްޗަށް […]

ރާއްޖެއަށް ހަންޓާ ވައިރަސް ރިސްކް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ
Raajje

ރާއްޖެއަށް ހަންޓާ ވައިރަސް ރިސްކް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ނުރައްކާތެރި “ހަންޓާ ވައިރަސް” ފެނިފައިވާއިރު، ރާއްޖެއަށް އެ ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ “އެމް.ވީ ހޮންޑިއަސް” ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލި ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން […]

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް
Raajje

ރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ...

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި
Thiladhunmathi News

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ދުންފުނީގެ (Haze) އަސަރުކޮށް، ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ. ވައިގެ ކޮލިޓީ ހުރި މިންވަރު އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ...

މިވަގުތު ރާއްޖެ އަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ: އެޗްޕީއޭ
Raajje

މިވަގުތު ރާއްޖެ އަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ: އެޗްޕީއޭ

އިންޑިއާގެ ވެސްޓް ބެންގާލުން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިހެން ބުނީ މި މަހުގެ ތެރޭގައި ވެސްޓް ބެންގޯލްއިން ނިޕާ ވައިރަސްގެ ތިން ކޭހެއް ފެނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.   އެޗްޕީއޭއިން ހާމަކުރި ގޮތުގައި، އިންޑިއާގެ ހާލަތު އެ އެޖެންސީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ވެސްޓް ބެންގޯލަށް ދަތުރުކުރާ […]

މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަނީ
Raajje

މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން 10 ތަނެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި މި ކޭމްޕްތައް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ....