ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން 10 ތަނެއްގައި މައިގްރޭންޓް ހެލްތް ކޭމްޕްތަކެއް ކުރިއަށް ގެންދިޔުމަށްޓަކައި މި ކޭމްޕްތައް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ޝީޓް މިކަމަށް ހުޅުވާލައި ހެލްތް މިނިސްޓްރީން ގެޒެޓްކުރި ޢިއުލާނާއި އެޓޭޗްކޮށްފަވެއެވެ.

Ad
rt

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ 13 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށެވެ.

މި ކަމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 10 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން tender@health.gov.mv އަށް މެއިލްކުރުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.

މިފަހަރު ކޭމްޕްތައް ބާއްވަން ނިންމާފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ވ.ތިނަދޫ، ލ.ގަން، ދ.ކުޑަހުވަދޫ، ގއ. ވިލިނގިލި، ފ.ނިލަންދޫ އަދި ސ.ފޭދޫ އެވެ.

އެޗްޕީއޭގެ ފަރާތުން މީގެ ކުރީން ވެސް މިފަދަ ގިނަ ކޭމްޕްތަކެއް ވަނީ ބާއްވާފައެވެ.