މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހުކުރު ހުތުބާ

124 Stories filed
''ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން''
Column

''ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން''

އިސްލާމްދީނުގައި ނަމާދަކީ ދީނުގެ ދެވަނަ ރުކުނެވެ. ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައި ވަނީ ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ. ”އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް ޢުޛުރެއް ނޫން” މައުލޫގެ މައްޗަށް ގެނެސްދިން މިއަދުގެ ޚުޠުބާގައި ވަނީ އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއްކަން ބަޔާންކޮށް، މި މައުޟޫއަށް އަލިއަޅުވާލާފައެވެ. މިއަދުގެ ޚު...

''ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާ ލިބޭ މީހުންގެ ތެރޭގައި މާތްﷲއަށް އަޅުކަންކުރުމުގައި ހެދިބޮޑުވާ ޒުވާނާ ހިމެނޭ'''
Column

''ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާ ލިބޭ މީހުންގެ ތެރޭގައި މާތްﷲއަށް އަޅުކަންކުރުމުގައި ހެދިބޮޑުވާ ޒުވާނާ ހިމެނޭ'''

ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތްﷲއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭކަން ބަޔާންކޮށް، އެދުވަހަށް ތައްޔާރުވުމުގެ މަތިވެރި ފިލާވަޅުތަކެއް މިއަދުގެ ހުކުރު ޚުޠުބާގައި ގެނެސްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ޤިޔާމަތްދުވަސް” އެވެ. މިއަދުގެ ޚުތުބާއިން ނަކަލުކޮށްފައިވާ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަސް އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް...

"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ."
Religion

"ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ."

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމަށާއ، ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުތުބާގެ މަޢުލޫއަކީ “ހަނުހުރުމުގެ އަޚުލާޤު” އެވެ. މިހުތުބާގައި ބުނެފައިވަނީ، ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަމަށާއި ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންކަމުގަ އެވެ. “ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާ...

”އަނބިންނާއި ދަރިންނަށް ޚަރަދުކުރުމަކީ ފިރިންނާއި ބަފައިންގެ މައްޗަށް ވާޖިބެއް“
Report

”އަނބިންނާއި ދަރިންނަށް ޚަރަދުކުރުމަކީ ފިރިންނާއި ބަފައިންގެ މައްޗަށް ވާޖިބެއް“

އަނބިމީހާ އާއި ދަރިންނަށް ޚަރަދުކުރުމުގަައި ފިރިން ނުވަތަ ބަފައިން ފަރުވާކުޑަކޮށް، ބައެއް ބަފައިންނާއި ފިރިން އެކަމަށް އިހްމާލްވެފައިވާކަމީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް ފެންނަމުންދާ ހިތްދަތި މަންޒަރެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މިފަދަ ފިރިންނާއި ބަފައިންނަށް އިސްލާޙްވެ، ވާޖިބު އަދާކުރުމަށް ބާރުއަޅައި އެކަމަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި އަހަށްމިއްޔަތު އަންގައިދީފައެވެ. އަނބިމީހާ އަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ދިނުމަށް ފިރިމީހާގެ މައްޗަށް ވަނީ...

ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!
Column

ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

“ޖުވާކުޅުމަކީ ޙަރާމް ކަމެއް” މިމަޢުލޫއަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދިން ހުކުރު ޚުޠުބާގައި ޖުވާ ކުޅޭ މީހުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ. އޮންލައިންކޮށް ޖުވާ ކުޅުމަކީ މިއަދު ދިވެހިންގެ މެދުގައި ވަރަށް އާންމު ވެފައިވާ ނުބައި އާދައެކެވެ. ޒުވާނުންނާއި ހަރު އުމުރު ފުރައިގެ މީހުން އާންމު ކެފޭތަކުގައި އެއްވެސް ޖެހިލުމެއްނެތި އޮންލައިންކޮށް ޖުވާ ކުޅެން ބައި ހަދާފައި ތިބޭ މަންޒަރު ފެނެއެވެ. ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މައިގަނޑު ނުކުތާތަކަށެވެ. اللهُ [...

''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''
Column

''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''

ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު، ޙަރާމްވެގެންވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަން” އެވެ. މިއަދުގެ ޚުތުބާގެ މުހިންމު ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ﷲ تعالى މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިވާއިރު، އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒި...

"ގެވެށިއަނިޔާގެ ސަބަބުން މުޖުތަމަޢު ހަލާކުވެދާތަން ބަލަން ތިބެގެންނެއް ނުވާނެ"
Column

"ގެވެށިއަނިޔާގެ ސަބަބުން މުޖުތަމަޢު ހަލާކުވެދާތަން ބަލަން ތިބެގެންނެއް ނުވާނެ"

ގެވެށިއަނިޔާގެ ސަބަބުން، ދިވެހިންގެ އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާތަން ބަލަން ނުތިބެ އެކަމަށް ފިޔަވަޅުއަޅަން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ގެވެށި އަނިޔާ” އެވެ. މިއަދުގެ ޚުތުބާގެ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އަނިޔާގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައި އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައެވެ. ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭ...

ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް، އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް
Column

ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް، އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް

ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި އަދި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫންކަމަށާއި އެއީ  ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވެއްޖެ އެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގަތުމުން، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެކަތިގަނޑަކަށްވާން ޖެހެއެވެ. އަދި އަނިޔާ ލިބޭ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހެއ...

''ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނުގެ ޞައްޙަ މަޢުލޫމާތު ނުލިބުމުން''
Column

''ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނުގެ ޞައްޙަ މަޢުލޫމާތު ނުލިބުމުން''

ބައެއް މުސްލިމުން ދީނާ ދުރަށް ދާން މެދުވެރިވާ ސަބަބަކީ ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ.” އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ބަޔާންކޮށްދެމުން މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މި ދީނަކީ އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، ހޭދަކުރުމާއި އަޅުކަން ކުރުމުގައި ވެސް އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. ޚުޠުބާގައި ގެނެސްދީފައިވާ ދަރުސްތަކުގެ ތެރޭގައި ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކ...

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭނެ: ޚުޠުބާ
Column

އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭނެ: ޚުޠުބާ

ބޮޑު ޢީދުގެ އުފާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، މާތް ނަބިއްޔާ، رسول الله صلى الله عليه وسلم އަށް ﷲ تَعَالَىގެ އިރުޝާދުގައިވާ ގޮތަށް، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވެ، ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖޭކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި ބުނެފައި ވަނީ މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް މި އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުން ކަމަށެވެ. އަދި މިއީ މިއީ ކެއުމާއި ބުއ...

''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''
Column

''ޢަރަފާތު ދުވަހަކީ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަސް''

”ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ...

''އަލްއަޤްޞާ މިސްކިތް މިނިވަންކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބެއް''
Column

''އަލްއަޤްޞާ މިސްކިތް މިނިވަންކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބެއް''

ފަލަސްޠީނުގެ ޤުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” އެވެ. މިއަދުގެ ޚުޠުބާގައި އަލްއަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަ ޤިބްލަކަން ބަޔާންކޮށްދީ، އެ މިސްކިތުގެ މަތިވެރިކަމާއި އިސްލާމްދީނާއި އެ މިސްކިތް ގުޅިލާމެހިފައިވާ މިންވަރު ވަނީ ބަޔާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގަ...

ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް
Column

ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ސިޙުރުގެ ނުބައިކަން” އެވެ. މިއަދުގެ ޚުޠުބާގައި ސިހުރަކީ ޙަޤީޤަތެއްކަމަށާއި، އެއީ ދީނުން ބޭރުވާފަދަ ކުށެއްކަމާއި އަދި ސިހުރުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލ...

”މާތް ﷲގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަކީ ސުވަރުގެ ދިއުމަށް ކޮށޭނެ މަގެއް“
Column

”މާތް ﷲގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަކީ ސުވަރުގެ ދިއުމަށް ކޮށޭނެ މަގެއް“

މާތް ﷲގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ތަޢުލީމީ ދިރާސީ އައު އަހަރު” އެވެ. އަންނަ އާދީއްތަ ދުވަހު ފެށޭ ދިރާސީ އައު އަހަރަށް ޚާއްޞަކޮށްފައިވާ މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. ޢިލްމަކީ މާތްﷲ އަޅުތަކުންނަށް ދެއްވާ ނޫރެއް ހަމަކަށަވަރުން ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެކެވެ. ޢިލްމުގެ ތެރޭގައި ތިމާ […]

އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީ މުދަލު ޒަކާތް: ހުތުބާ
Religion

އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީ މުދަލު ޒަކާތް: ހުތުބާ

ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތްކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި ކަމަށާއި އެހެންކަމުން މަދު މީހަކު މެނުވީ ފިޠުރު ޒަކާތް ދެއްކި ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް ނ...