ކުޅުދުއްފުށި ސިޓީ ފަޅުގައި އަޅާފައިއޮތް ޑިންގިއަކުން އައުޓްބޯޑު އިންޖީނެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަ...