މަޑުމަޑުން ފަރި ހިނގުމެއްގައި އަންނަ ފިރިހެނެއް ހަމަޖެހިލާފައި ފާރުގައި ހަރު ކޮށްފައި ހުރި އެއްޗެއް ތިރިކޮށްލަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ތިރިކޮށްލި އިރު ފަށްޖެހޭގޮތަކަށް ހުރި ނަލަ ޖޯލި ފައްޗެކެވެ. އެގޮތަށް ފާރުގައި ހަރުކޮށްފައި ޖޯލިފަތި ވަރަށް ނުދެކެމެވެ. ކޮސްވެގެން މިއުޅެނީ އެހެންވެގެނެއެވެ.

Ad
rt

ގިނަ ރަށްރަށުގައި ޖޯލިފަތި ހުންނަނީ ބިންމަތީގައި ބަހައްޓާ ގޮތަށް ފަރުމާ ކޮށްފައެވެ. ވީޑިއޯއިން ފެންނަ ޖޯލިފަތި ވެސް ހުރީ އިށީންނަން ވީމަ ބިންމަތީގައި ބެހެއްޓޭ ގޮތަށެއެވެ. އެހެން ޖޯލިފަތިތަކަށް ބަލާއިރު ތަފާތަކީ ބޭނުން ކޮށްފައި އެހެން ބަޔަކަށް އުނދަގޫ ނުވާ ގޮތަށް ނަގާ ފާރުގައި ހަރުކޮށްލެވޭތީއެވެ. މުޅި ޖޯލިފަތީގެ ހިތްގައިމު ކަމަކީ އެއީއެވެ.

މިގޮތަށް ޖޯލިފަތި ހުރުމުން އާންމުގޮތެއްގައި ޖޯލިފަތިތަކަށް އަންނަ ބައެއް ހަމަލާތައް އައުން މަދުވާނެއެވެ. މޫދަށް އެއްލާ ލުމާއި ޖޯލިފަތި އެހެން ތަންތަނަށް ގެންދިއުން ފަދަ ކަންކަން ކޮށްލަން އުނދަގޫ ވާނެއެވެ.

ބުނެވޭ ގޮތުން މި ވީޑިއޯއިން ފެންނަ ޖޯލިފަތި ހަދާފައިވަނީ ހދ. ކުޅުދުއްފުށީގެ ޒުވާނެކެވެ. ހަގީގަތަށް ބަލާއިރު މިއީ ތަފާތު ވިސްނުމެއް ބިނާކޮށް އުފެއްދުންތެރި ހިޔާލެކެވެ.

ދަގަނޑުން ހަދާފައި މިވާ ޖޯލިފައްޗަކީ މި ހިޔާލަށް ހަދަން ސައުގުވެރިވާ މީހުންނަށް ކޮށްލާކަށް އުނދަގޫ މަސައްކަތެއް ހެންނެއް ހިޔެއްނުވެެއެވެ. މީގެ ޖޯލިފައްޗެއް ހެދޭތޯ ބަލަމާ ހިނގާށެއެވެ.