ކުޅުދުއްފުށި ސިޓީގައި ގަވައިދާ ހިލާފަށް 300 ބިދޭސީން އުޅޭކަމަށާއި މީގެތެރެއިން، ފޮނުވާލަން ޖާގަލިބުނީ 13 މީހުންކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ގަވައިދާ ހިލާފަށް ކުޅުދުއްފުށި ސިޓީގައި ދިރިއުޅެމުންދިޔަ ބިދޭސީން ފޮނުވާލާފައިވަނީ މިއަދުގެ ވަގުތެއްގަި ބަހާދަރު ބޯޓުންނެވެ.

Ad
rt

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއަދު 13 މީހަކު ރަށުން ފޮނުވާލެވުނު ކަމަށާއި ކުރިއަށް އޮތްތަނުގައި ޖާގަ ލިބުން ވަރަކުން އިތުރު މީހުން ފޮނުވާލެވޭނެކަމަށެވެ. މީގެ އިތުރުން ގާތްގަނޑަކަށް އެރަށުގައި 300 އެއްހާ ބިދޭސީން ނުގަވައިދުން އުޅެމުން އަންނަކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަކަން ފާހަގަވެގެން ދިޔައީ ކޯވިޑް-19 ގެ ތެރެއިން ކުރެވުނު މަސައްކަތުންކަމަށް ފާހަގަ ކުރިއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމުގެ ފުރަތަމަ ބުރުކަން ލަތީފް ފާހަގަ ކުރިއެވެ.

މިއަދު ފޮނުވާލި ބިދޭސީންނާއި މާލެއިން ހަވާލުވާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.