މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައ...

ކުޅުދުއްފުށީ މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކަށް ފައިނޭންސިންގ ސްކީމެއް ތަޢާރަފުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކަށް ފައިނޭންސިންގ ސްކީމެއް ތަޢާރަފުކޮށްފި

ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން “މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް” ގެ ނަމުގައި އައު ސްކީމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން ތަޢާރަފުކޮށްފި އެވެ. ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މއީ 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ) އާއި ހަމަ އަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމެނޭހެން 3 އަހަރު ދުވަހަށް ބަހާލައިގެން ހުޅުވާލާފައިވާ ސްކީމެއ...

މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް: މޭޔަރު އާތިފް
Thiladhunmathi News

މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް: މޭޔަރު އާތިފް

ސަރުކާރުން މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަށް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީކޮށް ރާއްޖެ ހިންގުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށް ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އާތިފް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތައް މާލީގޮތުން އިތުރަށް ބާރުވެރިކޮށް، ލާމަރުކަޒީ ޤާނޫނާއި ފުށ...

ކުޅުދުއްފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި
Thiladhunmathi News

ކުޅުދުއްފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި

ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ. ފިޝަރީސް މިނިސްޓްރީން ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި މި ކަނދުފަތި އަޅާފައިވަނީ މިއަދު (08 ޖުލައި 2024) އެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރަމުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ދައޫދު ވިދާޅުވީ ކުޅުދުއްފުށީގެ ބޭރުގައި އެޅިގެންދިޔަ ވަދު ކަނދުފައްޗަކީ އެ ސިޓީގައި ތިބ...

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި
Thiladhunmathi News

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި ފިއުލް ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެކޯ އެންޓަޕްރައިސަސްގެ ފަރާތުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި، ތެލުގެ ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޒަމާނީ ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިވަގުތު އެ ޝެޑުން ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އެއްގަމު އުޅަނދުތަކަށެވެ. އެ ކުންފުނިން ބުނީ މިހާރު އޮއިލް ބައިޒަރެއް ގެނެސްފައިވާ ކަމަށާއި، ވަރަށް އަވަހަށް ބައުޒ...

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް
Thiladhunmathi News

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް

މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދު...

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް
Thiladhunmathi News

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ. ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި […]

ވެމްކޯއިން ކުޅުދުއްފުށީގައި ހިދުމަތް ދޭން ފަށައިފި
Thiladhunmathi News

ވެމްކޯއިން ކުޅުދުއްފުށީގައި ހިދުމަތް ދޭން ފަށައިފި

ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ފަށަމުންނެވެ. އެގޮތުން މި މަހު މާފުށީގައިވެސް ވެމްކޯގެ ހިދުމަތް ވަނީ ފަށާފައެވެ. ވެމްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތް ކުޅުދުއްފުއްޓަށް ދިނުމާއެކު އެ ހިދުމަތުގެ ބޭނުން ކުރުމަށް އެދިފައެވެ. ވެމްކޯއިން އަންނަނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ވޭސްޓް ކަ...

ފެނަކައިން ކުޅުދުއްފުއްޓަށް ދެ ޖެނެރޭޓަރު، ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަނީ
Business

ފެނަކައިން ކުޅުދުއްފުއްޓަށް ދެ ޖެނެރޭޓަރު، ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަނީ

ރަށްތަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަން ތައްޔާރު ވެއްޖެއެވެ. ފެނަކައިން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔާކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވުމަށް ތައް...

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
Raajje

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ. މިއީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިދާރާއިން ބުނީ، ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ބަލައިފާސ...

ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް
Thiladhunmathi News

ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް

“އެހީތެރިކަމަކަށް އެދިގެން އަންނަ ހަމަ ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުދުރަތީގޮތުން ލިބިފައިވާ ވަރަށް ހާއްސަ ސިފައެކޭ ބުނެވިދާނެ، އެހެން މީހުންގެ މުހުތާދުތައް ފުއްދައި ދިނުމަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް އަމިއްލަ ނަފްސަށް ވެސް ލިބިގެންދާ ކަމެއް” މަންދު ކޮލްޖުން ބެޗްލާސް އޮފް ބިޒްނަސް، ފުރިހަމަކޮށް ގްރެޖުއޭޓްވި ހދ.ކުޅުދުއްފުށީ ތޯމާ އަލީ/ އާދިއްލީގެ، އަށް، މިދިޔަ މެއި މަހު ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ޖަލްސާގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ...

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ

ކުރިއަ އޮތް ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި ކޭމްޕަކީ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެކެވެ. މި ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުގެ ފެންވަރު މަތިކޮށް މެންޓަލް އިލް-ހެލްތުގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، މިކަމަށް ހޭލ...

މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި
Thiladhunmathi News

މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި

ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ. މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ. މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞ...

ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށް، “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު ވަނީ 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގ...