ހދ.ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިއަދު ހެނދުނު ގާތްގަނޑަކަށް 08:25 ހާއިރު އެ ރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މިއަދު ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އިއްޔެވެސް ވަނީ، ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮތް އަންހެނެއް ފެނިފަ އެވެ. އެމައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ. އެ މީހާގެ ޕޯސްޓްމޯޓަމް ހަދަން ވެސް ވަނީ ނިންމާފައެވެ.