މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ.ނޮޅިވަރަމް

146 Stories filed
ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި
Thiladhunmathi News

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އެރަށުން މާލެ ފޮނުވާލެވުނު ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބަލި މީހާ މާލެ ފުރުވާލާފައިވަނީ ހަނިމާދޫ މަގުން ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ 21:00 ގައި ކަމަށެވެ. ނޮޅިވަރަމުން މިހާތަނަށް 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ […]

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް
Thiladhunmathi News

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް

ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި
Raajje

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

ނޮޅިވަރަމަށް ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ، ކުޅުދުއްފުށީ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފި
News

ނޮޅިވަރަމަށް ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ، ކުޅުދުއްފުށީ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފި

ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މޮނިޓަރިންއަށް ލާފައި އޮތް ހދ. ނޮޅިވަރަމަށް އެހީތެރިވާން ބޭނުންވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އަވައްޓެރި ނޮޅިވަރަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން އެރަށަށް އެހީތެރިވުމުގެ ފުރުސަތު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މިހާރު ވާނީ ހުޅުވާލެވިފަ ކަމަށެވެ. އެގޮތުން، އެެ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ތަފާތު ވ...

ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި
Thiladhunmathi News

ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި

ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ، ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހދ. ނޭކުރެންދޫ، މަންޒިލް، ޢަލީ އަބުދުއްރަހްމާން (ނާސާ އައްޔަ) އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިގޮތުން ނާސާ އަލީ ވަނީ ނޮޅިވަރަމް ރައްޔިތުންނަށް ބެހުމަށް 1.8 ޓަނު ތާޒާ ރޯމަސް މިއަދު ނޮޅިވަރަމަށް ފޮނުވާފައެވެ. މީގެއިތުރުން އޭނާ ވަނީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ ނޭކުރެއްދޫ ނާސާ...

މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ
Thiladhunmathi News

މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ

ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ބޭސް ލިބުމުގައި ނޮޅިވަރ...

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް
Thiladhunmathi News

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް

ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން...

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި
Raajje

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […]

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި
Thiladhunmathi News

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި
Thiladhunmathi News

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން
Thiladhunmathi News

ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން

ކޯވިޑް ބަލީގެ ބިރުވެރިކަން ބޮޑުވެ، ހިތްދަތި ތަޖުރިބާ ކުރަމުންދާ ހދ. ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މީހުންނަށް ނޮޅިވަރަމް، ސަވާރީ، އަބްދުލް މާޖިދު އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިވަގުތު ނޮޅިވަރަމްގެ ކަރަންޓީނު ކުރެވިފައިވާ 120 ގެއިންކުރެ ކޮންމެ ގެއަކަށް މާޖިދު ވަނީ ހަދިޔާ ޕެކެއް ދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ މާޖިދުގެ މި ދީލަތި އެހީތެރިކަން މިވަގުތު އެރަށުގައި...

ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ
Thiladhunmathi News

ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ހދ. ނޮޅިވަރަންގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެ ރަށު ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މަރުކަޒުން ފަށައިފިއެވެ. މިކަމާއި ގުޅިގެން އެ މަރުކަޒުން އާންމު ކޮށްފައުވާ ނޯޓްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެފައިވާ ކަމަށެވެ. ވުމާއެކު މިކަމަށް ޝައުގު ވެރިވާ ފަރާތްތަކުން 7575566 ނަންބަރަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފޮނުވައި ދެއްވުމަށެވެ. ނޮޅިވަރަންގައި ތިންހާހާއ...

އެޑްމޭން އާއި ފަރިރީތިން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯމަސް ހަދިޔާ ކޮށްފި
Thiladhunmathi News

އެޑްމޭން އާއި ފަރިރީތިން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯމަސް ހަދިޔާ ކޮށްފި

ކުޅުދުއްފުށި ސިޓީގައި ހިންގާ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިގެ ފަރާތުން މިވަގުތު މޮނިޓަރިންފެ ހާލަތުގައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވީ ކުޅުދުއްފުށީ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިން އެރަށު ރައްޔިތުންނަށް 1.2 ޓަނުގެ މަސް ހަދިޔާކުރެއްވި ކަމަށެވެ. އަދި މިހާރު ވަނީ ހުރިހާގެއަކަށް އެ މަސްތައް ބަހާ ނިންމާފަކަމަށްވެސް ސެންޓޭ ފާހަގަކުރެއްވިއެވެ....

ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ
Thiladhunmathi News

ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ

ކޯވިޑް ބަލީގެ ނުރައްކަލުގެ ސަބަބުން ހދ. ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި، އެރަށުގެ ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކޯވިޑްގެ ނުރައްކާ އެރަށަށް ވަނީ އިންތިހާއަށް ވެރިވެފައި ކަމަށެވެ. 28 އޯގަސްޓްއިން ފެށިގެން ރޭގެ ނިޔަލަށް އެރަށުން 125 މީހަކު އެރަށުން ޕޮަޒިޓިވްވެފައިވާއިރު، ރަށުގެ އ...

ނޮޅިވަރަމުން ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ށ. އަތޮޅު ފެސިލިޓީއަށް ބަދަލުކޮށްފި
Thiladhunmathi News

ނޮޅިވަރަމުން ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ށ. އަތޮޅު ފެސިލިޓީއަށް ބަދަލުކޮށްފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއްގެ ހާލަތު ގޯސްވަމުން ދާތީ، ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް އެމީހާ ބަދަލުކޮށްފިއެވެ. މި މީހާއަކީ ހާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދެވުނު އަންހެނެކެވެ. އެމީހާ ސީ އެމްބިއުލާންސްގައި ފުނަދޫއަށް ފުރުވާލާފައި ވަނީ ރޭ މެންދަމު 12:45 ހާއިރުއެވެ. އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ގޮސްފައިވާއިރު ފިރިމީހާއަކީ...