Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި
Business

ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ޅައިމަގު ބަނދަރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ޕްލޭނިން މިނިސްޓްރީން ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2019 ގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 480 ދުވަހުގެ ތެރ...

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް
Raajje

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް

ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ. މި އެއްބަސްވުމުގެ […]

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ
Business

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް މިއަންނަ އޯގަސްޓު މަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ ތައްޔާރީތައް ވެސް ފަށާފައެވެ. އެމްޓީސީސީ އިން ބުނީ ހިއްކާ ސަރަޙައްދ...

އުކުޅަހުގެ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
Business

އުކުޅަހުގެ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރާނެއެވެ. އެގޮތުން، މި މަގުތަކުގެ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، […]

ހުވަދު އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށަން ލޯންޗުތައް ފުރައިފި
Business

ހުވަދު އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށަން ލޯންޗުތައް ފުރައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެ، ލޯންޗުތައް މާލެއިން މިއަދު ފުރައިފިއެވެ. މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ވަނީ ހުވަދު އަތޮޅުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ހަ ލޯންޗު މިއަދު އެ އަތޮޅަށް ފުރުވާލައިފައެވެ. […]

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
Business

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ނޫމަރާ އާއި ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،...

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމުގެ މަސައްކަތް ބާރަށަ ކުރިއަށް
Business

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމުގެ މަސައްކަތް ބާރަށަ ކުރިއަށް

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެށ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން […]

1211 ހައްޖާޖީން އެއަރޕޯޓަށް ގެންދިއުމުގައި އެމްޓީސީސީގެ އެހީ
Business

1211 ހައްޖާޖީން އެއަރޕޯޓަށް ގެންދިއުމުގައި އެމްޓީސީސީގެ އެހީ

މިއަހަރުގެ ހައްޖު އަޅުކަން އަދާކުރަން ރާއްޖެއިން ފުރި ހައްޖާޖީންގެ ތެރެއިން 1211 ހައްޖާޖީންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ވަނީ 1211 ހައްޖާޖީން އެއަރޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ 10 ބަހެއް މާލެއިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީންނަށް ހާއްސަކުރިއެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީ...

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Business

ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޯމަ ދުވަހު ސައިޓު ވަނީ މޮބިލައިޒް ކޮށްފައެވެ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 12,145 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 670 މީޓަރުގެ […...

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 98 އިންސައްތަ ފުރިހަމަކުރެވިފައެވެ. އަދި އެއްގަމު ތޮށީގެ ކޮންކްރީޓް ކެޕިންގް މަސައްކަތް 27 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އައު ހާބަ ބޭސިން ފުންކުރުމުގެ […]

ހިންނަވަރު ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި
Business

ހިންނަވަރު ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި

ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ހާބަ ފުންކުރުމާއި ޝީޓް ޕައިލިނގް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ޕެނެލް ހަރުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ […]

އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި...

ކުރިނބީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Thiladhunmathi News

ކުރިނބީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހދ. ކުރިނބީ ބަނދަރު ތަރަައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށަން މި މަހުގެ 4 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނިންމާލައިފި
Thiladhunmathi News

ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނިންމާލައިފި

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މަޝްރޫއު ނިންމާލައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓަރު ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 10.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމް...

ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި
Business

ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ނެރު ފުންކުރާނެއެވެ. މީގެ އިތުރުން، 125 މީޓަރުގެ އެއްގަމުތޮށި […]