މިއަހަރުގެ ހައްޖު އަޅުކަން އަދާކުރަން ރާއްޖެއިން ފުރި ހައްޖާޖީންގެ ތެރެއިން 1211 ހައްޖާޖީންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ކުންފުނިން ވަނީ 1211 ހައްޖާޖީން އެއަރޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ 10 ބަހެއް މާލެއިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީންނަށް ހާއްސަކުރިއެވެ.

Ad
rt

މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހުޅުލެއަށް ދަތުރުކުރި ހައްޖާޖީންނަށް 9 ބަހެއް ހާއްސަ ކުރިއެވެ.

އެމްޓީސީސީން ބުނީ ހައްޖާޖީންނަށް މި ދަތުރުގައި އެހީތެރިކަންފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ ސްލޯގަން “ދިވެހިންގެ ކުންފުނި” އާއެއްގޮތަށް ދިވެހިން ބޭނުންވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮންމެ އަހަރަކު ހައްޖަށްދާ ފަރާތްތަކަށް ހާއްސަކޮށްގެން ބަސް ރޫޓާއި ބަސްތައް އެ ކުންފުނިން ބާއްވައެވެ.