ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މަޝްރޫއު ނިންމާލައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއާ ކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި ޕެރިމީޓަރު ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއީ 10.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ދަނީ ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ހިންގަމުންނެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 29 ސެޕްޓެމްބަރު 2021ގަ އެވެ.

21.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިދިޔަ ޖެނުއަރީ 16ގަ އެވެ.