މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި
Raajje

އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވީ މިއަދު ހެނދުނުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގ...

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
Raajje

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި އެވެ. އެކަން ފުލުހުން ހާމަކުރެއްވީ އެ އިދާރާ އިން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ވަޓްސްއެޕް ގްރޫޕުގަ އެވެ. “ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި.” ވަޓްސްއެޕް ގްރޫޕުގައި ފުލުހުންގެ ސްޕޯކްސް ޕާރސަން ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވި...

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި 6 މަސްފަހުން މީހަކު ހޯދަން އިޢުލާންކޮށްފި
Raajje

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި 6 މަސްފަހުން މީހަކު ހޯދަން އިޢުލާންކޮށްފި

ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފޮޓޯ އާންމު ކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށެެވެ. ފޮޓޯއިން ފެންނަ މީހާއަކީ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށް ވެސް ފުލުހުން ބު...

ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ވަޒީފާ ކޯޓުން ސަލާމަތްވެއްޖެ
Raajje

ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ވަޒީފާ ކޯޓުން ސަލާމަތްވެއްޖެ

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރަން ނިންމީ ހަތް އޮފިސަރެކެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. ސިވިލް ކޯޓުގެ ހުކުމުގ...

މާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދޭން ފަށައިފި
Raajje

މާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދޭން ފަށައިފި

މާލޭގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަޚަމްވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު މެންދުރު 12:21 ގައެވެ. ”މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލްގައި...

ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލައިފި
Thiladhunmathi News

ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލައިފި

ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ފޮނުވާލާފައި ވަނީ އިންޑިއާ އަށެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނިޝާމާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަ...

ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި
Raajje

ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

ހދ. ނޮޅިވަރަމުގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް މިއަދު މަރުވެފައިވާއިރު އޭނާގެ ހަށިގަނޑު މާލެ މިރޭ ވަޅުލައިފިއެވެ. ފައިސަލް މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު 08:28 ހާއިރު އެވެ. އޭނާ އަށް ކޭއާރުއެޗުގެ އައިސީޔޫގައި ފަރުވާދޭން ފެށީ އޭނާ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާގެ ސަބަބ...

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން މިރޭ ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު ޖައިލަމް މިރޭ 19:14 އެހައިކަންހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޖައިލަމް ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް ފުލުހުން މިރޭ އެދުނީ  އޭނާ ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކުރުމުންނެވެ. މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ޖައިލަމް ގެއްލިފައިވާ ކަމަށް އޭނާގެ އާ...

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ، ސ. ހުޅުދޫ / ސީނިއަޞްރުމާގެ، މުޙައްމަދު ޖައިލަމް (34އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ، މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 10:54 އެހައިކަންހާއިރުކަމަށެވެ. އޭނާ އެންމެ […]

ހުޅުމާލެގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ފަރުވާދެނީ
Raajje

ހުޅުމާލެގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ފަރުވާދެނީ

ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މެންދުރު 13:00 ހާއިރުއެވެ. ”މި އެކްސިޑެންޓްގައި ތިން ފިރިހެނުންނާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްވި އެއް ސައިކަލް ދުއްވި 23 އަހަރުގެ އަންހެން މީހާއަކީ...

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
Raajje

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 14:30 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހަކު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރ...

އަލިފާނުގެ ހާދިސާ: އަނިޔާވި މީހުންގެ އަދަދު 76 އަށް، 6 މީހަކަށް ސީރިއަސް އަނިޔާ ލިބުނު
Raajje

އަލިފާނުގެ ހާދިސާ: އަނިޔާވި މީހުންގެ އަދަދު 76 އަށް، 6 މީހަކަށް ސީރިއަސް އަނިޔާ ލިބުނު

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 76 މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި...

ބްރިޖް މަތީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ކާރު މަޑެއް ނުކުރި
Raajje

ބްރިޖް މަތީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ކާރު މަޑެއް ނުކުރި

ސިނަމާލެ ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:48 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އޭނާ މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. ”އެކްސިޑެންޓް ވުމުން ކާރު ވަނީ މަޑުނުކޮށް ގޮސްފައި” ފުލުހުން ވިދާޅުވެފަވެއެވެ. ފުލުހުން […]

ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ
Raajje

ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓު...

ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ
Raajje

ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

މާލޭގެ މާފަންނު ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ގެންދިޔަ މީހާ ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދީ ދެންމެ ވިދާޅުވީ އެމީހާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން އެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް [...