މާލޭގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން ޒަޚަމްވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު މެންދުރު 12:21 ގައެވެ.
''މި މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން'' ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައި ވަނީ ޢާއިލީ މައްސަލައެއްގެ ތެރެއިން ހިނގިކަމެއްގެ ތެރެއިންކަން އިނގިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި މައްސަލައާއި ގުޅިގެން ހަމަލާދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެއީ 25 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެއިދާރާއިން އަންނަނީ ބައްލަވަމުންނެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި މި މާރާމާރީ ހިނގައިގެން އުޅެނީ ދެބެންގެ މެދުގައި ގައެވެ. އަދި މި މާރާމާރީގައި އަންހެންކޮށްކޮ ވަނީ އޭނާގެ ބޭބެގެ ބޮލަށް ވަޅިން ހަމަލާދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!