ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ. މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރޭ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން...