މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
މަނަދޫ މީހަކު ގެއްލިގެން ހޯދަނީ
Raajje

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ […]

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ. އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ...

މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު
Raajje

މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށްބެލޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓްތަކަކާއެކު ދެ މީހަކު ހައ...

ބާރަށު ގޮނޑުދޮށަށް ލެއްގީ ފަތްތަކެއް، އެއީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭ: ފުލުހުން
Thiladhunmathi News

ބާރަށު ގޮނޑުދޮށަށް ލެއްގީ ފަތްތަކެއް، އެއީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭ: ފުލުހުން

ހއ. ބާރަށު ގޮނޑުދޮށަށް ލައްގާފައިވާ ފަތްތަކަކީ މަސްތުވާ އެއްޗެއްކަމަށް ނުބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:15 ހާއިރު ބާރަށު ފުއްޓަރު ފަރާތު ގޮނޑުދޮށަށް ބޮންޑި ބޮންޑިއަށް ބަންދުކޮށްފައި ހުރި ފަތްތަކެއް ލައްގާފައި ހުރިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ. މިހާތަނަށް ބެލިބެލުމުން، އެ ފަތްތަކަކީ މަސްތުވާ ޒާތުގެ އެއްޗެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އެންމެ އުތުރުގެ...

ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައި މީހަކު ހައްޔަރުކޮށްފި
Raajje

ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. ފުލުހުން މިއަދު ބުނީ މާލޭގައި ގަވާއިދާ ހިލާފަށް ވޭފްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި ހިންގި މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށް، 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމ...

ލޯންޗު އަޑިޔަށްދިޔުން: އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ތައުރީފް
Raajje

ލޯންޗު އަޑިޔަށްދިޔުން: އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ތައުރީފް

މިއަދު ހެނދުނު އއ. މަހިބަދޫ އާއި އއ. ދިގުރަށާ ދެމެދު “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ތަޢުރީފް ކުރަށްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ދެއްވިގޮތުގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:5...

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
Raajje

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް

އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން […]

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ
Raajje

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މީގެ އިތުރުން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތައްޔާރީ...

އަންހެނަކު ރޭޕުކުރިކަމުގެ ތުހުމަތު 63 އަހަރުގެ ފިރިހެނަކަށް
Raajje

އަންހެނަކު ރޭޕުކުރިކަމުގެ ތުހުމަތު 63 އަހަރުގެ ފިރިހެނަކަށް

ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މިކަމުގެ ތުހުމަތު ކުރެވެނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާ މިހާރު ވަނީ ނިޔާވެފައިކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މި މަހުގެ 23 ވަނަ ދުވަހުކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އެރަށުގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ. އެ […]

ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:54 ހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފިޔަތޮށިގޭ މުޙައްމަދު ލުބާން ޣައްފާރު (26 އަހަރު) އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެެދު […]

ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ
Raajje

ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

މާލޭގައި ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައި އެއްގަމު އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެއެވެ، ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު އަމީނީމަގުގެ ގާކޮށި ކުރިމަތީގައެވެ. މި ހާދިސާގައި ދުއްވާފައިދިޔަ ކާރު ކޮންޓްރޯލްނުވެ އެސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކަށާއި ކާރަކަށް ޖެހި، އެތަކެއްޗަށް ގެއްލުންވެފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގ...

ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރު
Raajje

ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރު

މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭގެ ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާއިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހަނދުވަރުދޭ / އދ. މާމިގިލީ، ޔާޝިން ރަޝީދު (23 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވަނީ 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ [...

14 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި
Raajje

14 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއެކު 23 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 19 ފެބްރުވަރީ 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްސާއެ...

ލަންކާ މީހަކު މިނިސްޓަރު ޚަލީލަށް އިންޒާރުދިން މައްސަލައެއް ބަލަނީ
Raajje

ލަންކާ މީހަކު މިނިސްޓަރު ޚަލީލަށް އިންޒާރުދިން މައްސަލައެއް ބަލަނީ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ. އިންޒާރުދިން މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް މިނިސްޓަރ ހަލީލް މިވަގުތު ހުންނެވީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ވެރިރަށް ކޮލޮމްބޯގައެވެ. މިނިސްޓަރު ހަލީލް ލަންކާ ދަތުރު ފެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މިޑީއާގައި “ނަދީޝް ޕެރޭރާ” ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް...

ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

ކުޅުދުއްފުށީ ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި 20 ފެބްރުއަރީ 2025 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ކުޅުދުއްފުށީ ސިޓީ ޕޮލިސް އިން ވަނީ ސިހުރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ސިޓީގައި 10 ގެއެއް ބަލައި ފާސްކޮށްފައިވާއިރު، މީގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، […]