ކުޅުދުއްފުށީ ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި 20 ފެބްރުއަރީ 2025 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ކުޅުދުއްފުށީ ސިޓީ ޕޮލިސް އިން ވަނީ ސިހުރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ސިޓީގައި 10 ގެއެއް ބަލައި ފާސްކޮށްފައިވާއިރު، މީގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތްތަކާއި އަދި ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ ތަކެތި ފެނިގެން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިހުރު ހެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުގައިވެސް މަނާކުރެވިފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.