މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
Raajje

މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

މާލޭގައި ވަޅިން ހަމަލާދީ މީހަކު މިރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިރޭ 20:35 ހާއިރު ސަބްލިމަގުގައި ހުންނަ ޗާންދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ވަޅީގެ ހަމަލާ އަމާޒުވުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަ...

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
Raajje

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުތުރު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އުތުރު ޕޮލިސް ރީޖަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު […]

ބާރަށުގައި ސިހުރުހަދާކަމުގެ ތުހުމަތު 8 މީހަކަށް، ގުޅުންހުރި ތަކެތި ހޯދައިފި
Thiladhunmathi News

ބާރަށުގައި ސިހުރުހަދާކަމުގެ ތުހުމަތު 8 މީހަކަށް، ގުޅުންހުރި ތަކެތި ހޯދައިފި

ހއ. ބާރަށުގައި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ 8 މީހަކާ ސުވާލުކޮށް، އެ މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ބާރަށުގައި ސިހުރު ހާހޫރަ ހަދާކަމަށް އެ މުއައްސަސާގެ އިންޓެލިޖެންސްއަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން، މިއަދު (5 މެއި 2025) ހެނދުނު 7:00 އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަނެއްގައި، އެ ރަށުގެ 8 ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކ...

ލޯންޗެއް ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް، ލޯންޗު ދުއްވި މީހާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި
Raajje

ލޯންޗެއް ދޯންޏެއްގައި ޖެހި އެކްސިޑެންޓެއް، ލޯންޗު ދުއްވި މީހާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް ފެރީދޯންޏެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން […]

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
Raajje

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ކުއްލިއަކަށް ދެރަވެ، ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، އެ ފުލުސް މީހާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން މިއަދު މެންދުރު އޭނާ ވަނީ މާލެއަށް އެއަރލިފްޓް ކުރެވިފައިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގައި އެ ފުލުސްމީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީ...

މަސްތުގެ ހާލަތުގައި ކާރު ދުއްވި މީހަކު ހައްޔަރަށް، ކާރުގެ ފުރޮޅެއްގައި ޓަޔަރު ވެސް ނެތް
Raajje

މަސްތުގެ ހާލަތުގައި ކާރު ދުއްވި މީހަކު ހައްޔަރަށް، ކާރުގެ ފުރޮޅެއްގައި ޓަޔަރު ވެސް ނެތް

ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މެއި 1 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެވެ. ފުލުހުން އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވާފައި ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް...

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު
Raajje

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދު ސަމާލުވާން އެދިއްޖެ
Raajje

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކާމެދު ސަމާލުވާން އެދިއްޖެ

ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ހާމަކޮށްފިއެވެ. މިކަމާއި ސަމާލުވުމަށް ހަނދާންކޮށް ދެމުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނީ، ބޭރުފައިސާ މާރުކުރުމަށް ބޭނުންކުރާ މެސެޖިންގ އެެޕްތަކުގެ ގްރޫޕްތަކުގައި ސްކޭމަރުން ގިނަވެފައިވާ ކަމަށެވެ. އެހެންކަމުން، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރ...

ނަފުސާނީ އެހީ ބޭނުންވާ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ބަހާއި ސަގާފަތުގެ ދައުރު ފުޅާކުރަން މަޝްވަރާކޮށްފި
Raajje

ނަފުސާނީ އެހީ ބޭނުންވާ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ބަހާއި ސަގާފަތުގެ ދައުރު ފުޅާކުރަން މަޝްވަރާކޮށްފި

އެކިއެކި ހާދިސާތަކާ ގުޅިގެން ނަފުސާނީ ގޮތުން ޝިކާރައަކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީންނާ ދެމެދުގައ...

ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި
Raajje

ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހު މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލާގައި ހިމެނޭ މީހާ މިއަދު ހައްޔަރުކޮށްފިއެވެ. އާދީއްތަ ދުވަހު ފުލުހުން ބުނިގޮތުގައި މާލޭގެ ކެފޭއެއްގެ ބިއްލޫ ރެކެއް ތަޅާލި މައްސަލައެއް އެދުވަހުގެ ހެނދުނު 8:56 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އެ މައްސަލާގައު ތުހުމަތުކުރެވޭ 49 އަހަރުގެ މުޙައްމަދު ރަޒީން (މ. ސްޓާރ / ކ. މާލެ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ. މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރެވުނު ރަޒީންގެ ބަންދާމެދު […]

ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ، ފަސް މީހުންނާއެކު ދަތުރުކުރި ދޯނި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯންޏެކެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. ”ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު.” ފުލުހު...

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ
Raajje

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ 27 އޭޕްރިލް 2025 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯނި ކަމަށެވެ. މި ދޯނީގައި 5 މީހުން ތިބިއިރު، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ފުލުހުން ބުނީ، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައިކަމަށެވެ. އެއިރު […]

ވިނަރެސް ފްލެޓެއް ތެރެއިން އަންހެނަކު ރޯއަޑު! ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ހޭނެތިފައި
Raajje

ވިނަރެސް ފްލެޓެއް ތެރެއިން އަންހެނަކު ރޯއަޑު! ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު އޮތީ ހޭނެތިފައި

ހުޅުމާލޭ ވިނަރެސް ފްލެޓެއްގެ އެޕާޓްމަންޓެއްގައި ހޭނެތިފައި އޮތް އަންހެނަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރޭން އަންހެނަކު ރޯއަޑު އިވޭކަމުގެ ރިޕޯޓު މިއަދު (28 އޭޕްރިލް 2025 ވަނަ ދުވަހު)ގެ ހެނދުނު 6:05 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށްގޮސް ވަނީ ގަދަކަމުން އެމީހާ ރޯ އަޑު އިވުނު އެޕާޓްމަންޓްގެ ދޮރު ހުޅުވާފައެވެ. އަދި ދޮރުހުޅުވައި […]

ހޯރަފުށީގައި ބޭއްވި ދީނީ ސުވާލު މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
Thiladhunmathi News

ހޯރަފުށީގައި ބޭއްވި ދީނީ ސުވާލު މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

ހއ. ހޯރަފުށީގައި ބޭއްވި “ތަޢުލަޤު ދީނީ ސުވާލު މުބާރާތް 2025” ކާމިޔާބު ކަމާއެކު ނިންމާލައި، މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 20 އިން 24 އަށް ބޭއްވި މި މުބާރާތުގައި ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ 60 ކުދިން ބައިވެރިވެފައިވާއިރު، މުބާރާތުގައި އެކި ގްރޭޑްތަކުން ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމު ދީފައިވެއެވެ. ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އަދި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […]

އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިގިރެޓްތައް އަނބުރާ ހަވާލުކުރަން އަންގައިފި
Raajje

އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިގިރެޓްތައް އަނބުރާ ހަވާލުކުރަން އަންގައިފި

މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ. ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން […]