މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ.

Ad
rt

މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން މި އޮޕްރޭޝަންތަކުގެ ތެރެއިން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ލޭކޮކާ، ޢަބްދުލްޢަޒީޒް ހަސަން (38އ) އާއި ކ. ގުރައިދޫ / ގުލްފާމުގެ، ޖައިލަމް މުހައްމަދު (21އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (23އ) އެވެ.

މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ބަރުދަނުގައި 18.6 ގުރާމުުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ތިން މީހުންގެ ތެރެއިން އެކަކު އަތުން ފެނިފައިވެއެވެ. އަދި މި ތިން މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުހައްމަދު (21އ) އާއި ހުސައިން ޝާވިން (23އ) ގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހާފައިވާއިރު ޢަބްދުލްޢަޒީޒް ޙަސަން (38އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަައިވެއެވެ.

މީގެ އިތުރުން ފިއްލަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ކެވެލި، އަހުމަދު ޙަލީމް (34އ) އާއި ހއ. ފިއްލަދޫ / ޓާޓާގެ، މުޙައްމަދު ޞާދިޤު (45އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހުމަދު ހަލީމް (34އ) 15 ދުވަހަށް ބަނދުކުރުމަށް ހަމަޖެހިފައިވާއިރު، މުޙައްމަދު ޞާދިޤު (45އ) 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައެވެ.