ގެއްލިގެން ހޯދަމުންދިޔަ، ފަސް މީހުންނާއެކު ދަތުރުކުރި ދޯނި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެކެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

''ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު.'' ފުލުހުން ބުންޏެވެ.

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ

މި ދޯނީގައި 5 މީހުން ތިބިއިރު، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.

މި ދޯނި ހޯދަން ފެށީ 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި މި ދޯންޏާއި ގުޅުނުފަހުން އެއްވެސް ޚަބަރެއް ނުވެގެންނެވެ.

މިކަމުގެ ރިޕޯޓު ގައްދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައި ވަނީ މިއަދު ހަވީރު 6:00 ގައިކަމަށް ރޭ ފުލުހުން ބުންޏެވެ. އަދި މި ރިޕޯޓު ލިބުމާއި ގުޅިގެން އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑާއި މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ވެސް ބުނެފަވެއެވެ.