މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވިއަން

116 Stories filed
މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ހާއްސަ ރިފަންޑް ޕޯޓަލެއް
Business

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ހާއްސަ ރިފަންޑް ޕޯޓަލެއް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ހާއްސަ ރިފަންޑް ޕޯޓަލެއް ތައާރަފު ކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ މި ތައާރަފު ކުރެވުނު ޕޯޓަލާއެކު އެ ކުންފުނިން ރީފަންޑަށް އެދޭ ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ ޕޯޓަލެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރީފަންޑުގެ އިތުރުން ކޮމްޕެންސޭޝަނާއި އެކްސެސް ބޭންކް ޓްރާންސްފާ އަދި އެ ނޫންވެސް ގިނަ ހިދުމަތްތަކަކަށް އެދެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. Intro...

މޯލްޑިވިއަން އިން ބެންގަލޫރަށް ދަތުރުތައް ފަށައިފި
Business

މޯލްޑިވިއަން އިން ބެންގަލޫރަށް ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށައިފިއެވެ. މިދަތުރުތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ. ބެންގަލޫރަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސްފަރުވާއަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން މޯލްޑިވިއަނުން މި ފެށި ދަތުރުތަކާއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަ...

ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ
Raajje

ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

ފުރާ މީހުން ތިން ގަޑިއިރު ކުރިން އެ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ. އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ މިވަނީ ބޮޑު ޗުއްޓީއާއި ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ފުރާ މީހުން ގިނަ އަދަދަކަށް އެއާޕޯޓަށް ދާތީއެވެ. އެމްއޭސީއެލް އިން ބުނީ އެމީހުންނާއެކީ އެއާޕޯޓަށް ދާ މީހުން ވެސް ގިނަވުމުގެ ސަބަބުން ބާރު ބޮޑުވާމީހުންގެ ކިއު ދިގުވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. މީގެ އިތުރުން [...

''މޯލްޑިވިއަންގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ފަސިންޖަރަކަށް ދިމާވިކަމަކުން''
Business

''މޯލްޑިވިއަންގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ފަސިންޖަރަކަށް ދިމާވިކަމަކުން''

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖެއްސީ ފަސިންޖަރަކަށް ދިމާވި އިމަޖެންސީއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ އެއާ ލައިނުން ބުނީ، އެ ހާލަތު ދިމާވި ފްލައިޓަކީ މާލެއިން ކޮޗިން އަށް ދިއުމަށް ފުރި، މޯލްޑިވިއަން ފްލައިޓް Q2706 ކަމަށާއި އެ ފްލައިޓު ވީއައިއޭ އިން ފުރާފައިވަނީ މެންދުރުފަހު 3 ޖެހިއިރު ކަމަށެވެ. އެ ފްލައިޓު ނައްޓާލިފަހުން އެ ފްލައިޓުން ދަތުރުކުރި ކުއްޖަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ […]

މޯލްޑިވިއަންގެ ދަތުރުތައް ޖޫން މަހު ދަރަވަންދޫއަށް އަލުން ފަށަނީ
Raajje

މޯލްޑިވިއަންގެ ދަތުރުތައް ޖޫން މަހު ދަރަވަންދޫއަށް އަލުން ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް އަަންނަ ޖޫން މަހު، އަނެއްކާވެސް ދަރަވަންދޫ އަށް ފަށަން ނިންމާފައިވާ ކަމަށް ބުނެފިއެވެ. މޯލްޑިވިއަން އިން ބުނީ ޖޫން 15 އިން ފެށިގެން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ދަތުރު ޝެޑިއުލްކުރާނެ ކަމަށެވެ. މީގެ އިތުރުން އަލުން ދަތުރުތައް ފަށާއިރު، ދަތުރުތައް ކުރާނީ ޚާއްސަ ފެއާއެއްގައި ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މީގެކުރިންވެސް ދަރަވަންދޫއަށް ވަނީ ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓާލީ މަންޓާ […]

ނެގި ޓިކެޓަށް ދަތުރު ނުކުރެވުނަސް, ގެއްލުމުގެ ބަދަލެއް ނަގައެއް ނުދިން
Raajje

ނެގި ޓިކެޓަށް ދަތުރު ނުކުރެވުނަސް, ގެއްލުމުގެ ބަދަލެއް ނަގައެއް ނުދިން

މޯލްޑިވިއަންގެ ފްލައިޓަކުން ދަތުރުކުރަން ނެގި ޓިކެޓްތަކަކަށް ދަތުރު ނުކުރެވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މީހަކު ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މާލެއިން ގއ. މާވާރުލު އެއާޕޯޓަށް ދަތުރުކުރަން 11 މީހަކަށް ވެއިޓިން ލިސްޓުގައި ނެގި ޓިކެޓްތަކަށް ފްލައިޓުގައި ޖާގަ ނެތުމުން ދަތުރު ނުކުރެވުނެވެ. އެހެންވުމުން ނޯ ޝޯ ޗާޖުގެ ގޮތުގައި އިތުރަށް 1،700ރ. އާއި އެހެން ތާރީހަކަށް ޓިކެޓް ބަދަލުކުރަން 1،200 އަށް ވުރެ ގިނަ ރުފިޔާ […]

ގައުމީ އެއާލައިނުން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް
Business

ގައުމީ އެއާލައިނުން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކައްދޫ އެއަރޕޯޓަށް ކަމަށާއި މި ދަތުރުގައި 26 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެފަހުން އެހެން މަންޒ...

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ
Thiladhunmathi News

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު އެ އެއަރލައިނުން، ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލާނެ ކަަމަށް ވަނީ ބުނެފައެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓ...

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ
Business

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ

ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފިއެވެ. މޯލްޑިވިއަން އިން ބުނީ ފެބްރުއަރީ 22 ގެ ފަހުން ޕާސްޕޯޓާއި، އައިޑީ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއަރޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ. މުއްދަތު ހަމަވެފައިވާ ލިޔުމަކާއެކު އެ ތާރީހަށްފަހު […]

ގައުމީ އެއާލައިންގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި
Raajje

ގައުމީ އެއާލައިންގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އިތުރު ދެ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ. މި ދެ ބޯޓަކީ  އޭޓީއާރު މަރުކާގެ ދެ ބޯޓެވެ. މިއީ މޯލްޑިވިންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓު ފަހަރު ގެނައި ފުރަތަމަ ފަހަރެވެ. މި ދެ ބޯޓު ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސީ މިއަދު ހަވީރު 4:00 ހާއިރުއެވެ. މި ދެ ބޯޓާ […]

ސަލާމަތަށް ބުރޫއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅާނަން: އައިއޭއެސް
Raajje

ސަލާމަތަށް ބުރޫއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ތަހުގީގުކޮށް ފިޔަވަޅު އަޅާނަން: އައިއޭއެސް

ފަސިންޖަރުންނާއި، ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ތަހުގީގުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ދީފިއެވެ. ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒުކަމަށްބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައި ވަނިކޮށް އައިއޭއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގ...

ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް
Thiladhunmathi News

ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް

ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް އިތުރު ދަތުރުތަކެއް ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނީ މާލެ އިން މާވަރުލަށް އަދި މާވަރުލުން މާލެއަށާއި މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ހޯމަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަނުން އިތުރު ދަތުރުތައް ބާއްވަމުންގެންދަނީ އީދު ބަންދާ...

ޗުއްޓީ އާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ފުލައިޓެއް ކުޅުދުއްފުށި ސިޓީ އަށް
Thiladhunmathi News

ޗުއްޓީ އާއި ދިމާކޮށް މޯލްޑިވިއަންގެ އިތުރު ފުލައިޓެއް ކުޅުދުއްފުށި ސިޓީ އަށް

ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ރަށްރަށަށް ދާ މީހުން ގިނަ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބައެއް މަންޒިލްތަކަށް ދަތުރުތައް އިތުރުކޮށްފިއެވެ. އިއްޔެ އެ އެއާލައިނުން ބުނި ގޮތުގައި 4 މަންޒިލަކަށް ކުރާ ދަތުރުތަކެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުނަދުއާއި ހޯރަފުއްޓާއި ތިމަރަފުއްޓާއި ކައްދޫއާ ކުރާ ދަތުރުތައް މިވަނީ އިތުރުކޮށްފައެވެ. މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް އޮންނާނީ 26 ޖޫންގަައި ކަމަށެވެ. އެ ދުވަހު އިތުރު މަންޒިލްތަކަށްވެސް ޑިމާންޑް އޮތްނަމަ ދަތުރު ކުރާނެ ކަމަށް އެ […]

މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވެންޑްރަމަށް ކުރާ ދަތުރުތަައް އިތުރު ކުރަނީ
Business

މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވެންޑްރަމަށް ކުރާ ދަތުރުތަައް އިތުރު ކުރަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ތްރިވަނަންތަޕުރަމަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދަތުރުތައް އިތުރު ކުރާނީ މި މަހުގެ 29 އިން ފެށިގެންނެވެ. އެގޮތުން ތްރިވަންތަޕުރަމް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފްތާއަކު ފަސް ދުވަހު ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ވީއައިއޭގެ އިތުރުން ހަނިމާދުއިން ކުރާ ދަތުރުތައްވެސް އިތުރު ކުރަން އެ އެއާލައިނުން ނިންމާފައިވާ ކަމަށް އިން...

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މޯލްޑިވިއަން އިން ޓިކެޓް އަގުބޮޑުކޮށްފި
Business

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މޯލްޑިވިއަން އިން ޓިކެޓް އަގުބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ކޮށްފައިވާތީ މޯލްޑިވިއަން އެއާލައިނުން ދަތުރުތަކުގެ އަގު ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން އެ އެއާލައިނުން ވަނީ އެތެރޭގެ އުދުހުންތަކުގައި ޓިކެޓުތަކުން 180ރ. ބޮޑުކޮށްފައެވެ. މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި ޔޫކްރޭނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން ޖެޓް ފިޔުލް ލިބޭ އަގު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އަގު 40 އިންސައްތަ ބޮޑުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ އެއާލައިނުން ޓިކެޓް އަގު ބޮޑު ކުރީ ފިޔުލް ސާޗާޖުންނެވެ. އެތެރޭގެ އުދުހުންތަކުގެ […]