ފަސިންޖަރުންނާއި، ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ތަހުގީގުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ދީފިއެވެ.
ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒުކަމަށްބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައި ވަނިކޮށް އައިއޭއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ކޯޓުތަކުން ދަތުރުކުރައްވާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށެވެ.
އަދި އެ ކުންފުންޏަކީ ދިވެހިރާއްތޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަމަށް ވެސް ބުނެފަވެއެވެ.
''ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަކަމެއް ފާހަގަ ކުރެވިއްޖެ ޙާލަތެއްގައި އެކަމެއް ތަހުގީގު ކުރެވި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެޅޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ.'' އެ ކުންފުނިން ބުނެފަވެއެވެ.
މީގެ އިތުރުން އެ ކަންކަމަކީ ދިވެހިރާއްތޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ގާތުން ބަލަމުން އަންނަ ކަންކަންކަން އެ ބަޔާނުގައި އައިއޭއެސް އިން ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!