ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް
ޤައުމަކަށް ވިޔަސް، ރަށަކަށް ވިޔަސް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީ...