ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށް ދިޔަ އެއް ދުވަހުގެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ސަމިޓުގައި އެމަނިކުފާނު ތަޤްރީރުކުރަށްވާފައިވާއިރު، އެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި...