މަސައްކަތް ނިންމައި 30 މަސްތެރޭ ކޮމަންޑޫ އެއާޕޯޓް ހުޅުވަނީ
ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. މިޔަގީންކަން އެ އެމަނިކުފާނު ދެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގ...