ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސް...