ލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަންނަވައިފި
އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ލަންކާގެ ރައީސަށް އިސްތިގުބާލުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ރައީސަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް އޮންނާނީ މިއަދު މެންދުރުފަހު އެވެ. މި ދަތުރ...