ރައީސް ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ޖުލައި 21 ވަނަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ނ.މާފަރަށެވެ. ފަހު މަންޒިލެއް ގޮތުގައި މިއަދު ހެނދުނު ވަޑައިގަތީ ޅޮއްސަށެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލ...