ރަށްރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫން: ރައީސް
ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫންކަމަށާއި، މަސައްކަތްޕުޅުކުރަށްވަމުން ގެންދަވަނީ އެފަދަ ތަފާތުކުރުންތައް ނައްތާލައި އިންސާފުގާއިމުކޮށްދެއްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ ގަމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަމަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުން ބަލާއިރުގައިވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގައިވެސް، މީހުން ގިނަ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އެހެންނަމަވެ...