މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި
Raajje

ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.  އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply...

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި
Raajje

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަރީޒު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑ...

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް
Raajje

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އިންތިޚާބު ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން މިއަދު ނިންމައިފިއެވެ. ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި އަދުރޭ މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރަން ނިންމާފައި ވަނީ ރައީސް ޑރ.މުޢިއްޒު، ޕީއެންސީގެ އިންތިޚާބީ […]

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
Raajje

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ފަލަސްތީނުގެ ޣައްޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗ...

ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ މައުރަޒެއް ބާއްވަން ރައީސް ނިންމަވައިފި
Raajje

ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ މައުރަޒެއް ބާއްވަން ރައީސް ނިންމަވައިފި

ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމ...

އިރާންގެ ރައީސް އަވަހާރަވުމަކީ ލިބުނު ހިތާމައެއް: ރައީސް މުއިއްޒު
Raajje

އިރާންގެ ރައީސް އަވަހާރަވުމަކީ ލިބުނު ހިތާމައެއް: ރައީސް މުއިއްޒު

އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ހިތާމައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އިރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާންގެ ރައީސް ރައީސީ އާއި ފޮރިން މިނިސްޓަރު ހުސައ...

އުއްމީދަކީ އީރާންގެ ރައީސް އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން: ރައީސް
Raajje

އުއްމީދަކީ އީރާންގެ ރައީސް އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން: ރައީސް

އުއްމީދަކީ އީރާންގެ ރައީސް ޑރ. އިބްރާހިމް ރައިސީ އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އާއި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. މި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި މެދުވެރިކޮށް ކުރެއ...

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދައިފި
Raajje

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ. މިގޮތުނ...

އިސްރާއީލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުގެ ޝުކުރު
Raajje

އިސްރާއީލަށް ފިޔަވަޅު އަޅަން ރައީސް ގޮވާލެއްވުމުން ފަލަސްތީނުގެ ޝުކުރު

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމަށް ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ. އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ރަސްމީ “އެކްސް” އެކައުންޓުން ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އެއްބައިވެ، ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ “އެކްސް” އެކައުންޓުން ކުރި […...

މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު: ރައީސް
Raajje

މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު: ރައީސް

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މަޑުން ތިބެގެން ނުވާނެ ކަމަށެވެ. ފަލަސްތީނުގެ ޣައްޒާގ...

މިއީ ފަލަސްތީނު ރައްޔިތުން އިންސާފު ހޯދުމަށް ލިބުނު ތާރީހީ ކާމިޔާބެއް: ރައީސް
Raajje

މިއީ ފަލަސްތީނު ރައްޔިތުން އިންސާފު ހޯދުމަށް ލިބުނު ތާރީހީ ކާމިޔާބެއް: ރައީސް

އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން އދ. ގެ އާންމު މަޖިލިހުން ރޭ ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލިހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގަރާރަށް […]

ދިވެހި ކުޑަކުދީން ބޮޑެތި ކުރާންވާނީ ދީނާއި ޤައުމު އިސްކުރާ އުޅުންހުރި ޖީލެއްގެ ގޮތުގައި: ރައީސް
Raajje

ދިވެހި ކުޑަކުދީން ބޮޑެތި ކުރާންވާނީ ދީނާއި ޤައުމު އިސްކުރާ އުޅުންހުރި ޖީލެއްގެ ގޮތުގައި: ރައީސް

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށާއި، މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވަނީ، ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ 1981 ވަނަ އ...

ރައީސްގެ ދެކަނބަލުން ޢުމްރާ އަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ޢުމްރާ އަށް ފުރާވަޑައިގެންފި

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މިއަދު ފުރާވަޑައިގެންފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި ރައީސް އަރިހުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް...

މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް
Raajje

މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯ ކުރެއްވި މައްސަލައިގައެވެ. އެ […]

މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި
Raajje

މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ހަމަޖައްސައިފިއެވެ. ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭ ކަމަށެވެ. މި ސަރުކާރުން ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ފެނިގެން ދިޔައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވ...