ބަންދުގައި ހުރި އީރާންގެ ރައްޔިތަކު ނިޔާވެއްޖެ
ބަންދުގައި ހުރި އީރާންގެ ރައްޔިތަކު ނިޔާވެއްޖެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހާމަކޮށްފިއެވެ. އެމްސީއެސްއިން ބުނެފައިވަނީ މިމީހާއަކީ އައިޖީއެމް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަންދުމީހެއް ކަމަށެވެ. އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ (49 އަހަރު) ނިޔާވެފައިވަނީ މިރޭ 11:49 ގައިކަމަށާއި މީނާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެއްކަމަށް އެފަރާތުން ހާމަކުރެއެވެ. ރަހުމަތުﷲ ނިޔާވުމާ ގުޅިގެން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި މޯލ...