ދިވެހި ކުންފުނިތަކުން މަސްގަންނަ އަގުތަކާއި މަސްގަންނަ މިންވަރު އާއްމު
ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން "މަސްރިޕޯޓް" ނެރެން ފަށައިފިއެވެ. މި ނަމުގައި ޕަބްލިކްސާރވިސް މީޑިއާ (ޕީ.އެސް.އެމް) އާއެކު ޚަބަރުތެރޭގައި ޚާއްޞަ ސެގްމެންޓެއް
ފައްޓަވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން "މަސްރިޕޯޓް" ނެރެން ފަށާފައިވަނީ ޕަބްލިކްސާރވިސް މީޑިއާ (ޕީ.އެސް.އެމް) އާއެކު ޚަބަރުތެރޭގައި ޚާއްޞަ ސެގްމެންޓެއްގެ ތެރެއިން ނެވެ.
އެމިނިސްޓްރީއިން ބުނެފައިވަނީ އެންމެ ގިނަރައްޔިތުން ޚަބަރުބައްލަވާ ވަގުތުކަމަށް ބެލެވޭ ރޭގަނޑު އަށެއްގެ ޚަބަރުގައި ފޯރުކޮށްދެއްވަން ފެއްޓެވި މި މަޢުލޫމާތުތައް ފުރަތަމަ ގެނެސްދެއްވާފައި ވަނީ ޕީ.އެސް.އެމްގެ ރޭގެ އަށެއްގެ ޚަބަރުގައި ކަމަށެވެ.
ކަނޑުމަހުގެ އަގުތައް ރާއްޖޭގެ ބާޒާރުގައި ހުރިގޮތް
ގެނެސްދެއްވުމުގެ ގޮތުން މި ސެގްމެންޓް ގެމެންޓްގައި ދިވެހި ކުންފުނިތަކުން އެ ދުވަހަކު މަސްގަންނަ އަގުތަކާއި މަސްގަތް މިންވަރު ހާމަކޮށްދެއްވައެވެ. މިގޮތުން ދޮށީގެ މަސްވެރިކަމުގައި ކިލޯއެއްގެ އަގު ހުރި މިންވަރާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޓަނެއްގެ އަގު ހުރި މިންވަރު ދިވެހި ފައިސާއިން ދައްކުވައިދެއެވެ.
އެމިނިސްޓްރީއިން މަޢުލޫމާތު ދީފައިވެއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތައް އަބަދުވެސް އަމާޒުކުރައްވަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށް ދެއްވުމަށް ކަމަށެވެ. އަދި ރައްޔިތުމީހާއަށް އެންމެ ބޭނުން، އެ މިނިސްޓްރީއާ ގުޅުންހުރި މަޢުލޫމާތުތައް ވީހާވެސް ދެފުށް
ފެންނަ ގޮތަށް ފޯރުކޮށްދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!