ނަޒާހަތްތެރި މަޖިލީހަކުން މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަކަށް ނަހަދާނެ: ޢަލީ
މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ހެދުމަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުގެ އިތުރުން މަޝްހޫރު ޤާނޫނު ވަކީލު ޢަލީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޢަލީ ވިދާޅުވީ މިނިވަން މުއައްސަސާ ތަކުގެ ވެރިންނަށް ވިޔަފާރި ކުރެވޭގޮތަށް ގާނޫނުތަކަށް ގެންނަން ހުށަހަޅާ ފައިވާ ބަދަލުތަކަކީ ނަޒާހަތްތެރި މަޖިލީހަކުން ފާސްކުރާ ކަހަލަ ކަންކަމެއް ނޫން ކަމ...