މ. މުއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހޯދައި، އެމީހާ ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

އޯގަސްޓް 22 ވަނަ ދުވަހު އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން މ. މުއްޔަށް އައި ބޯޓަކުން ބޭލި ކޮތަޅެއް ހިފައިގެން ދަނިކޮށް އެރަށު ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހުއްޓުވައި ބަލައި ފާސްކުރަން އުޅުމުން އޭނާގެ އަތުގައި އޮތް ކޮތަޅު އެއްލައިލި ކަމަށް ފުލުހުން ބުންޏެވެ. އެ ކޮތަޅު ނަގައި ބަލައި ފާސްކުރިއިރު އެކޮތަޅު ތެރޭގައި އޮތް ޖިންސެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.