މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 899 ވަނަ ޞަފްޙާ

އެމްޑީޕީގެ އާ އެސްޖީއަކަށް ޝާޒްލީ

އެމްޑީޕީގެ އާ އެސްޖީއަކަށް ޝާޒްލީ

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާޒްލީ ޝަފީގް ހަމަޖައްސައިފި އެވެ. އެޕާޓީގެ އެސްޖީގެ މަގާމަށް ޝާޒްލީ ޝަފީގް އައްޔަންކުރީ ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. އެމްޑީޕީގެ އެސްޖީގެ މަގާމަށް މީހަކު ހޯދަން ކުރިން އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މަގާމަށް މިފަހަރު ކުރިމަތިލީވެސް، 2012 ވަނަ އަހަރު ވެސް އެ […]

އަލީ އާދިލް
ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް

ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް

ކައުންސިލްތަކަށް ދީފައިވާ އިދާރީ އަދި މާލީ ބާރުވެރިކަން ފުރިހަމައަށް ގެނެވޭނީވެސް އެމްޑީޕީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ރައިސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު ލިބުނު އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަމުގެ ފުރިހަމަ ފޮނި މ...

އަލީ އާދިލް
އިދިކޮޅު މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު އާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅާފަ...

އަލީ އާދިލް
ޖަމިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ޖަމިއްޔާތަކަށް ދޫކުރާ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ. ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަ...

ޙުސައިން ޝަހުދީ
މިނިމަމްވޭޖް ކަނޑައަޅައި ތަންފީޒުކުރުން އަވަސްކުރަން ގޮވާލައިފި

މިނިމަމްވޭޖް ކަނޑައަޅައި ތަންފީޒުކުރުން އަވަސްކުރަން ގޮވާލައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ”މިނިމަމްވޭޖް” ކަނޑައަޅައި، ތަންފީޒުކުރުން އަވަސްކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ގޮވައިލައިފިއެވެ. އެމްޓީޔޫސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރު ފާސކުރެވުނު ވަޒީފާއާއި ބެހޭ ޤާނޫނުގައި މިނިމަމްވޭޖް ކަނޑައެޅުމަށް ބަޔާންކޮށްފައިވީ ނަމަވެސް މިހާތަނަށް ވެސް އެކަން ތަންފީޒުކުރެވިފައި ނުވުމަކީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށެވެ. އެ ޖަމިއްޔާއިން ބުނީ ސިޔާސީ ބައެއ...

އަލީ އާދިލް
މަސްވެރިކަމު އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިކަމު އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ކުޅުދުއްފުޓާއި ދިމާލުގައި އަޅާފައި އޮންނަ ބޮއި ކައިރީ މަސްވެރިކަމު އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ އަކީ ”ނިއުމަތް” ދޯނީގައި މަސްވެރިކަމު އުޅުނު އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެމީހާގެ ލޮލަށް ބުޅި ހެރުމުގެ ސަބަބުން ޒަޚަމްވެގެން އަވަސް ފަރުވާ ދިނުމަށް، އެމްއެންޑީއެފް ނޯތު އޭރިއާއިން ވަނީ މިހާރު އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސް ދީފައެވެ. މަސްވެރިކަމު އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް ހިންގުން...

ޝިއުނާ އާދަމް
ސީޕްލޭނެއް ވެއްޓިއްޖެ

ސީޕްލޭނެއް ވެއްޓިއްޖެ

ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި ސީޕްލޭނެއް ވެއްޓިއްޖެއެވެ. ވެއްޓިފައި ވަނީ މަންތާ އެއާގެ ސީޕްލޭނެކެވެ. އަދި މިހާދިސާ ހިނގީ މިއަދުގެ ހެނދުނު 7:30 ހާއިރުއެވެ. އެ ސީ ޕްލޭނަކީ ކޮމޯ މާލިފުށިން ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ސީޕްލޭނެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ސީޕްލޭނުން ދަތުރުކުރި 9 މީހުން ވެސް މިހާރު ސަލާމަތްކުރެވި، ކުރަމުން ދަނީ ލަގެޖްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ސީޕްލޭނުން ދަތުރުކުރީ 6 ފަތުރުވެރިއަކާއި 3 ފަޅުވެރިންނެވ...

ޔުމްނާ ޢަލީ
އެޗްޕީއޭވެސް ''ޓިކްޓޮކް''އަށް

އެޗްޕީއޭވެސް ''ޓިކްޓޮކް''އަށް

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިންވެސް ”ޓިކްޓޮކް” އެކައުންޓެއް ބޭނުންކުރަން ފަށައިފި އެވެ. އެޗްޕީއޭއިން ވިދާޅުވީ އެ އޭޖެންސީން ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވަނީ ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށާއި ވެކްސިނާއިބެހޭ މައުލޫމާތުތައް ހިއްސާކުރުމައް ކަމަށެވެ. ޓިކްޓޮކް އެކައުންޓެއް ހުޅުވީ، ގިނަ އަދަދެއްގެ އާންމުނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވާއިރު، އެ އޭޖެންސީގެ ޓިކްޓޮކް އެކައުންޓަށް މިހާތަނަށް 682...

ޝިއުނާ އާދަމް
ކަންނެލި މަސްވެރިންނަށް އަވަހަށް ވެކްސިން ޖެހޭނެ ގޮތެއް ހަދައިދީ: ބީކޭއެމްޔޫ

ކަންނެލި މަސްވެރިންނަށް އަވަހަށް ވެކްސިން ޖެހޭނެ ގޮތެއް ހަދައިދީ: ބީކޭއެމްޔޫ

ބޮޑު ކަންނެލި މަސްވެރިންނަށް އަވަހަށް ވެކްސިން ޖެހޭނެ ގޮތެއް ހަމަޖެހިގެން ދިޔުން ވަރަށް ބޮޑަށް އެދޭކަމަށް، ކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތްކޮށް ވަކާލާތު ކުރާ ޖަމިއްޔާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ. ބީކޭއެމްޔޫގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ނާޒިމް ވިދާޅުވީ، ކަންނެލި މަސްވެރިން ފެކްޓްރީތަކަށް ކަންނެލި ކިރުމަށްފަހު އަންނަނީ ހުޅުމާލޭ ބަނދަރަށް ކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން ކަންނެލި މަސްވެރިން އެއްގަމަށް ނުފައިބާ ދޯނި ފަހަރުގައި ތިބޭތާ އެތައް މަހެއް ވ...

ޔުމްނާ ޢަލީ
ދީނަށް ފުރައްސާރަ ކުރާނަމަ ލޭ ކެކޭނެ، ދީނާ ނުކުޅޭ: އިބްރާހީމް ރަޝީދު

ދީނަށް ފުރައްސާރަ ކުރާނަމަ ލޭ ކެކޭނެ، ދީނާ ނުކުޅޭ: އިބްރާހީމް ރަޝީދު

އިސްލާމްދީނަށް ފާޑުކިޔައި، ފުރައްސާރަ ކުރާނަމަ ދިވެހިންގެ ލޭ ކެކޭނެ ކަމަށާއި، ދީނާ ނުކުޅުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އެދިވަޑައިގެންފިއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚް ވިދާޅުވީ ފިރިހެނުން ތުނބުޅި ބެހެއްޓުމާއި އަދި އަންހެނުން ބުރުގާ އެޅުމަކީ ދީނީ ކަމެއްކަމަށެވެ. އަދި ދީނުގެ ހުކުމްތަކަށް ފާޑުކ...

އަލީ އާދިލް
ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން

ސިފައިންގެ ލަފާދޭ މަޖިލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން

ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިއީ ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފަހަރު ކަމަށެވެ. ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއ...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވިމީހުންގެ ޢަދަދު 58 އަށް

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވިމީހުންގެ ޢަދަދު 58 އަށް

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 58 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހާއަކީ ރޭ މެންދަމު 3:17 ހާއިރު، ހަރަކާތް ހުއްޓިގެން އައިޖީއެމްއެޗުގެ އެމެޖެންސީއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ ރޭ 3:46 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. މީގެ އިތުރުން ކޯވިޑް ބަލީގައި އިތުރު މީހެއް […]

ޔުމްނާ ޢަލީ
4,700 ފަތުރުވެރިންނާއެކު އާ ރެކޯޑެއް

4,700 ފަތުރުވެރިންނާއެކު އާ ރެކޯޑެއް

އިއްޔެ ރާއްޖެއަށް 4،700 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ރެކޯޑެއް އަނެއްކާވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4،700 އަށް އަރާފައިވާކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. މިއީ މިއީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ދާކަމުގެ ފެހި ސިގުނަލެއްކަން ފާހަގަކުރަށްވާ މިނިސްޓަރު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގ...

ޔުމްނާ ޢަލީ
އިއްޔެގެ މުޒާހަރާއަކީ މޮސްޓާގެ ފެށުމެއްކަމަށް ވިދާޅުވި: ޝިޔާމް

އިއްޔެގެ މުޒާހަރާއަކީ މޮސްޓާގެ ފެށުމެއްކަމަށް ވިދާޅުވި: ޝިޔާމް

ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިންގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގައި އިއްޔެކުރި އިހުތިޖާޖުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، އިއްޔެއަކީ ފެށުމެއް ކަމަށް މޮސްޓާ ވިދާޅުވިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މޮސްޓާއަކީ މިނިވަން މެންބަރެއް ގޮތުގައި މަޖިލިސްއަށް އިންޚާބުވެ ވަޑައިގަތް، އަދި މިހާރުވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މެން...

އަލީ އާދިލް
މާލޭގައި ދޮށީ އުމުރުގެ މީހެއް ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގައި ދޮށީ އުމުރުގެ މީހެއް ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ސިޓީގެ ގެއެއްގައި ނިޔާވެފައި އޮތް ދޮށީ އުމުރުގެ މީހަކު ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ މާލޭ ސިޓީގެ ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިރޭ 10:45 އެހާކަން ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަމަށް ވެސް ފުލުުހުން ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ފުލުހުން […]

ޝިއުނާ އާދަމް